ads
މީޑިއާ ކައުންސިލުން ދޫކުރާ ފާސް-----ފޮޓޯ: ސީއެންއެމް
ބޭރުގައި އުޅުމަށް ނޫސްވެރިންގެ ނަމުގައި ފޭކް ފާސްތަކެއް ބޭނުންކުރަނީ
ކޮވިޑްގެ ހާލަތުގައި ބޭރުގައި އުޅުމަށް ނޫސްވެރިންނަަށް މީޑިއާ ކައުންސިލުން ދޫކޮށްފައިވާ "ސްޕެޝަލް ޕާސް" ޕްރިންޓް ކޮށްގެން ބޭނުން ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމްއެމްސީން ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސް ޕްރިންޓުކޮށްގެން އެހެން ފަރާތްތަކުންވެސް ބޭނުން ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުުމުން އެކަން ބަލަމުންދާ ކަމަށާއި، ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސް ނޫސްވެރިން ފިޔަވައި އެހެން ފަރާތްތަކުން ބޭނުންކުރާނަަަމަ އެކަން ދެނެގަނެވޭނެ އިންތިޒާމް ފުލުހުންގެ ތެރޭގައި ގާއިމުކުރެވިފައިވާ ކަމަށެވެ. 

" އެފަދަ ކަންތަކެއް ފާހަގަވާތީ މަގުމަތިންވެސް ޝައްކުކުރެވޭ ފަރާތްތައް ފުލުހުން ހުއްޓުވާ ފާސްކުރާނެ، އަދި ފޭކް ފާސްއެއް ނަމަ އެކަން ދެނެގަނެވޭނެ އިންތިޒާމް ވަނީ ހަމަޖެއްސިފަ" ފުލުހުން

ކާފިއު ނޫން ގަޑިތަކުގައިވެސް ރެޒިޑެންޓަލް ޕާމިޓެއް ނެތި ބޭރުގައި އުޅުން މަނާކޮށް، މާލެ ސަރަހައްދުގެ ކާފިއު ގަޑިތަކަށް ސަރުކާރުން ވަނީ މިމަހުގެ 24ވަނަ ދުވަހު ބަދަލު ގެނެސްފައެެވެ. އެގޮތުން ހަރުކަށި ކާފިއުއެއް އިއުލާންކޮށް ހެނދުނު ހަވީރު 16:00 އިން ހެނދުނު 08:00 ވަނީ ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. އަދި އެނޫން ގަނޑިތަކުގައިވެސް ބޭރަށް ނިކުންނަ އިރު ރެޒިޑެންޓަލް ޕާމިޓެއް އޮންނަން ޖެހޭނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން ކާފިއު ނޫން ގަޑީގައިވެސް ބޭރަށް ނިކުންނަ އިރު ކޮންމެ ގޭބީސީއަކަށް ވެސް ދެ ފާހެއް ދޫކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. 

އެހެންނަމަވެސް ނޫސްވެރިންނަށް ވަނީ މި ހާލަތުގައި ވެސް ބޭރުގައި އުޅުމަށް "ސްޕެޝަލް ޕާސް"ގެ ނަމަުގައި މީޑިއާ ކައުންސިލުން ފާސްތަކެއް ދޫކޮށްފައެވެ. މި ފާސްތައް ބޭނުންކޮށްގެން ނޫސްވެރިންނަށް އިތުރު ޕާމިޓަކާއި ނުލާ ކާފިއު ވަގުތުތަކުގައިވެސް ބޭރުގައި އުޅެވޭނެއެވެ.

މިއަދުގެ ހަވީރުގެ ވަގުތެއްގައިވެސް ނޫސްވެރިންގެ ފޭކު ފާސްތަކެއް އަޅައިގެން ތިބި ބަޔަކު ހުޅުމާލޭގައި، ގަރާޖެއްގައި ހުރި ޓެކްނީޝަނަކަށް ހަމަލާދީ މާރާމާރީ ވަނީ ހިންގާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް