ads
ދިލިޕް ހޮސްޕިޓަލުން ނިކުންނަނީ
ދިލިޕް ކުމާރު ހޮސްޕިޓަލުން ދޫކޮށްލައިފި
ކުރީގެ މަސްހޫރު ފިލްމު އެކްޓަ ދިލިޕް ކުމާރު ނޭވާލާން އުނދަގޫވުމުގެ ސަބަބުން ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފަވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.

ދިލިޕް ކުއްލިގޮތަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަން ހާމަކޮށް އޭނާގެ އަންހެންނުން ސާއިނާ ބާނޫ ވަނީ ދިލިޕްގެ ސިއްހަތަށްޓަކައި އެންމެން ވެސް ދުއާކޮށް ދިނުމަށް އެދިފައެވެ. 

އެއަށްފަހު މިއަދު އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ހޮސްޕިޓަލުން ނިކުމެ ސާއިނާ ދިން އިންޓަވިއުއެއްގައި ބުނީ ފިރިމީހާ ދިލިޕްގެ ހާލު މިހާރު ރަނގަޅު ކަމަށާއި އޭނާގެ ސިއްްހަތަށްޓަކައި ދުއާކޮށްދިން އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

ސައިނާ ބުނީ ދިލިޕްގެ ފުއްޕާމޭގައި ގިނަ އަދަދަކަށް ފެން ހެދިފައިވުމުން ޑޮކްޓަރުން ވަނީ އެ ފެންތައް ބޭރުކޮށް ފަރުވާދީފައި ކަމަށެވެ. ދިލިޕް މިއަދު ހޮސްޕިޓަލުން ދޫކޮށްލިއިރު ނަގާފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުން އޭނާ އިނީ ފުރޮޅުލީ ގޮޑިއެއްގައެވެ.

ދިލިޕް ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ އިއްޔެވެ. އެހެންނަމަވެސް އޭނާ ހޮސްޕިޓަލުގައި މިއަދާ ޖެހެންދެން ބޭއްވީ އާއިލާގެ އެދުމުގެ މަތިން ދިލިޕް ހޮސްޕިޓަލުގައި އަދި ދުވަސްކޮޅަކު އަރާމްކޮށްލާ ރަނގަޅު ފަރުވާއެއް ލިބިގަނެގެން ގެއަށް ގެންދަން ބޭނުންވާތީ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ދިލިޕް ކުމާރު ވަނީ މީގެ ކުރިންވެސް އެތައް ފަހަރަކު ސިއްހީ އެތައް އުނދަގޫތަކަކާއި ކުރިމަތިލާންޖެހި އެޑްމިޓްވާން ޖެހިފައިއެވެ. އެއިން ކޮންމެ ފަހަރަކުވެސް ސާއިނާ ދިޔައީ މީހުންނަށް ދިލިޕް ގެ ހާލަތާއި ބެހޭ ގޮތުން މައުލޫމާތު ދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް