ads
މީރާ--
މޭ މަހު މީރާއަށް 783މިލިޔަން ރުފިޔާ ބަލައިގެންފި
މޭ 2021 ގައި މީރާއަށް 783 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ%283 އިތުރު އަދަދެކެވެ. 

މޭ 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.7 އިންސައްތަ އިތުރު އަދަދެކެވެ. 

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މޭ 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މޭ 2020 ގައި މާލެ ފުރަބަންދުކޮށް، އެއަރޕޯޓް ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމުގެ ސަބަބުން މޭ 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މިގޮތުން، މޭ 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2021 ގައި އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން، ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމާ ފައިވާތީ، މޭ މަހުގެ ތެރޭގައި އައިސްފައިވާ ސުންގަޑިތަކެއް ފަސްކުރެވެވިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މޭ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 63.3އިންސައްތައެވެ. ނުވަތަ 496.19 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސްއިންނެވެ. އެއީ 6.7އިންސައްތަ ނުވަތަ 52.68 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 33.44 މިލިއަން ރުފިޔާ (%4.3،) އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 32.74 މިލިއަން ރުފިޔާ( %4.2 ،)ވަރކް ޕަރމިޓް ފީގެ ގޮތުގައި 32.29 މިލިއަން ރުފިޔާ (%3.7 )އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 139.51 މިލިއަން ރުފިޔާ (%17.8 ) ހިމެނެއެވެ. 

މޭ 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 32.79 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް