ads
މާފުށީ ޖަލު--
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މާލޭ ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިދިޔަ މަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަނާ ގުޅިގެން ކަރެކްޝަންސް އާ ގުޅިގެން ޖަލުތަކުގައިވެސް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން މާލޭ ޖަލާއި މާފުށީ ޖަލުގައި 3 މުވައްސަސާ ގުޅިގެން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިނގަމުންދާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިފައިވަނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން އެ ހަމަލާއަށްފަހު ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިޒަމް އަށް ހިތްވަރުދޭ މީހުން ހޯދުމަށް ފުލުހުންނާއި ސިފައިން ވަނީ ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައެވެ.

އެކަމާ ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެެތެރެއިން ހަތަރު މީހަކީ ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ހައްޔަރު ކުރެވުނު މީހުން ކަމަށާއި އަނެއް 10 މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް