ads
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ--- ފޮޓޯ:އެމްވީ ކްރައިސިސް
ޖަލު އޮޕަރޭޝަންގައި ހަމަނުޖެހުން ހިނގައި ބަޔަކަށް އަނިޔާ ވެއްޖެ
ފުލުހުންނާއި ސިފައިން ގުޅިގެން މާލޭ އަދި މާފުށީ ޖަލުގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހަމަނުޖެހުން ހިނގައި ގައިދީންތަކަކަށް އަނިޔާ ވެއްޖެއެވެ.

އޮޕަރޭޝަންގެ ތެރެއިން ބައެއް ގޮޅިތަކުގައި ފުލުހުންނާއި ގައިދީންނާ ދޭތެރޭ ހިނގި ހަމަނުޖެހުން ތަކުގައި ފުލުހުން ޓީޒާ ގަން ބޭނުންކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

އެގޮތުން ފަސް މީހުންގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ގައިދީއެއްގެ ކަރަށް ޓޭޒާ ގަން އަމާޒުވުމުގެ ސަބަބުން ޒަހަމުވެފައިވާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ކޮމެންޓެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މާފުށި އަދި މާލޭ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ މިދިޔަ މަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް