ads
ފުލުހުން
ޖަލުގައި ހަމަނުޖެހުން ހިނގާފައެއް ނުވޭ: ފުލުހުން
ޖަލުތަކުގައި ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޕަރޭޝަންގެ ތެރެއިން ބައެއް ގޮޅިތަކުގައި ފުލުހުންނާއި ގައިދީންނާ ދޭތެރޭ ހިނގި ހަމަނުޖެހުންތަކުގައި ފަސް މީހުންގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އަދި ގައިދީއެއްގެ ކަރަށް ޓޭޒާ ގަން އަމާޒުވުމުގެ ސަބަބުން ޒަހަމުވެފައިވާ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިހާރު ޖަލުތަކުގައި ކުރިއަށްދާ އޮޕަރޭޝަންގައި ހަމަޖެހުމެއް ހިނގާފައިނުވާ ކަމަށާއި، ފުލުހުން ޓީޒާ ގަން ވެސް ބޭނުންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާ ގުޅޭގޮތުން އަދި އެއްޗެކޭ ބުނެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާފުށި އަދި މާލޭ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ މިދިޔަ މަހު ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާ އާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް