ads
ފުލުހުން މުޒާހަރާއެއްގެ ތެރޭގައި ހަރަކާތްތެރިވަނީ
އިންސާނީ ހައްގުތައް ނުގެއްލޭނެހެން އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފި
ޖަލުތަކުގައި ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އިންސާނީ ހައްގުތައް ނުގެއްލޭނެހެން ކަންކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

މާފުށި އަދި މާލޭ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ މިދިޔަ މަހު ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާ އާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

އެޗްއާރުސީއެމުން ކުރި ޓުވީޓުތަކެއްގައި ބުނެފައިވަނީ އިންސާނީ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގަކަށް ވާއިރު ކަމާބެހޭ މުއައްސަސާތަކުން އެކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަން ތަކުގައި އިންސާނީ ހައްގު ނުގެއްލޭހެން އެފަދަ އޮޕަރޭޝަން ތައް ކުރިއަށް ގެންދިއުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޖަލުތަކުގައި ތިބޭ ފަރާތްތަކުންވެސް ކަމާ ގުޅުންހުރި މުއައްސަސާތަކަށް އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލާމަތީ ބާރުތަކުން ޖަލުތަކުގައި ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ބައެއް ގޮޅިތަކުގައި ފުލުހުންނާއި ގައިދީންނާ ދޭތެރޭ ހިނގި ހަމަނުޖެހުންތަކެއްގައި ފަސް މީހުންގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އަދި ގައިދީއެއްގެ ކަރަށް ޓޭޒާ ގަން އަމާޒުވުމުގެ ސަބަބުން ޒަހަމުވެފައިވާ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެހެންނަމަވެސް ފުލުހުން ބުނީ މިހާރު ޖަލުތަކުގައި ކުރިއަށްދާ އޮޕަރޭޝަންގައި ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށާއި، ފުލުހުން ޓީޒާ ގަން ވެސް ބޭނުންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާ ގުޅޭގޮތުން އަދި އެއްޗެކޭ ބުނެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް