ads
ކްރިސްޓެން އެރިކްސަން އަށް ފުރަތަމަ ފަރުވާ ދެނީ--
ޔޫރޯ މެޗު ތެރެއިން ކުއްލިއަކަށް ކުޅުންތެރިޔަކު ހަބަރު ހުސްވުމުން މެޗު ހުއްޓައިފި
ޔޫރޯ 2020 ގައި ޑެންމާކް އަދި ފިންލޭންޑް މިރޭ ވާދަ ކުރި މެޗުގައި ކުޅުންތެރިޔަކު ދަނޑުމައްޗަށް ވެއްޓި ހަބަރު ހުސްވުމުން މެޗު ހުއްޓާލައިފިއެވެ.

މިރޭ ކުޅުނު މެޗުގައި ޑެންމާކްގް ޑިފެންސިވް ފޯވާޑް ކްރިސްޓެން އެރިކްސެން ކުއްލި ގޮތަކަށް ވެއްޓި ހަބަރު ހުސްވުމުން ޔޫރޯ 2020ގެ މިރޭގެ މެޗު ހުއްޓާލާފައިވާކަމަށް ޔޫއެފްއާއިން ވަނީ ބުނެފަ އެވެ.

އެރިކްސެން ވެއްޓިފައިވަނީ މެޗުގެ 42 ވަނަ މިނުޓުގައި ދަނޑުގެ ވައަތް ފަރާތު އަރިމަތީ ލައިނުކައިރިން ދުވެފަ ދަނިކޮށެވެ.

ވެއްޓުމުން ފަރުވާދޭން ފެށި މެޑިކަލް ސްޓާފުންވަނީ އޭނާއަށް ސީޕީއާރުދޭން ފަށާފައެވެ. އުމުރުން 29 އަހަރުގެ އެރިކްސެން އަށް ސީޕީއާރު ދޭން ފެށުމާއެކު އެ ޓީމު ކުޅުންތެރިން ވަނީ އޭނާ ވަށާލާފައެވެ.

ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ސީޕީއާރަށް ފަހު އެރިކްސެން ސްޓްރެޗަރަށް ލައިގެން ގެންދިޔައިރު އޭނާވަނީ އޭނާގެ އަތް އުފުލާފައެވެ.

އޭނާ ވެއްޓުނު ވަގުތު 16،000 މީހުން މަޗު ބަލަން ސްޓޭޑިއަމަށް ވަދެ ތިއްބެވެ.

އޮފިޝަލުންނާއެކު އެރިކްސެން އަށް ފަރުވާދޭތަން ފޮރުވުމަށް ފޮތި ދަމައިގެން ދެ ޓީމުގެ ކުޅުންތެރިންވެސް ވަނީ ދަނޑުން ފައިބާފައެވެ. 

ސްޓޭޑިއަމްގައި ތިބި މީހުންނަށް މެޗު ސަސްޕެންޑް ކުރެވިފައިވާ ކަމަށް އަންގާފައިވެއެވެ. 

މެޗު ހުއްޓުވި އިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް