ads
އެރިކްސެން ހޮސްޕިޓަލަށް ގެންދެވުނު މަންޒަރު
އެރިކްސެންގެ ހާލު އަންނަނީ ރަނގަޅުވަމުން: ޔޫއެފްއާ
މިރޭ ކުޅުނު މެޗުގައި ކުއްލި ގޮތަކަށް ވެއްޓި ހަބަރު ހުސްވި ޑެންމާކްގް ޑިފެންސިވް ފޯވާޑް ކްރިސްޓެން އެރިކްސެންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ޔޫއެފްއާއިން ބުނެފިއެވެ.

ޔޫއެފްއާއިން ކުރި ޓްވީޓެއްގައި ބުނީ އެރިކްސެން މިހާރު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެރިކްސެން ވެއްޓިފައިވަނީ މެޗުގެ 42 ވަނަ މިނުޓުގައި ދަނޑުގެ ވައަތް ފަރާތު އަރިމަތީ ލައިނުކައިރިން ދުވެފަ ދަނިކޮށެވެ.

ވެއްޓުމުން ފަރުވާދޭން ފެށި މެޑިކަލް ސްޓާފުންވަނީ އޭނާއަށް ސީޕީއާރުދޭން ފަށާފައެވެ. އުމުރުން 29 އަހަރުގެ އެރިކްސެން އަށް ސީޕީއާރު ދޭން ފެށުމާއެކު އެ ޓީމު ކުޅުންތެރިން ވަނީ އޭނާ ވަށާލާފައެވެ.

ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ސީޕީއާރަށް ފަހު އެރިކްސެން ސްޓްރެޗަރަށް ލައިގެން ގެންދިޔައިރު އޭނާވަނީ އޭނާގެ އަތް އުފުލާފައެވެ.

އޭނާ ވެއްޓުނު ވަގުތު 16،000 މީހުން މަޗު ބަލަން ސްޓޭޑިއަމަށް ވަދެ ތިއްބެވެ.

އޮފިޝަލުންނާއެކު އެރިކްސެން އަށް ފަރުވާދޭތަން ފޮރުވުމަށް ފޮތި ދަމައިގެން ދެ ޓީމުގެ ކުޅުންތެރިންވެސް ވަނީ ދަނޑުން ފައިބާފައެވެ. 

ސްޓޭޑިއަމްގައި ތިބި މީހުންނަށް މެޗު ސަސްޕެންޑް ކުރެވިފައިވާ ކަމަށް އަންގާފައިވެއެވެ. 

މެޗު ހުއްޓުވި އިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ޑެންމާކްގެ ފުޓްބޯލް އެސޯސިއޭޝަނުން ކުރި ޓުވީޓެއްގައި ބުނީ އެރިކްސެން މިހާރު ހޭޖެހިފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް