ads
އިޝާންއަށް ޖާންވީ ބިރިޔާނީ ކައްކައި ދީފި
ބޮލީވުޑުގެ ތަރި، އިޝާން ކައްޓާރު މިވަނީ އޭނާގެ ބޭބެ، ޝާހިދު ކަޕޫރާއި އަދި ބޭބެގެ އަންހެނުން މީރާ ރާޖުޕުތާއެކު ޖާންވީ ކަޕޫރުމެން ގެއަށް ކެއުމަކަށް ގޮސްފަ އެވެ.
ބޮލީވުޑުގެ ތަރި، އިޝާން ކައްޓާރު މިވަނީ އޭނާގެ ބޭބެ، ޝާހިދު ކަޕޫރާއި އަދި ބޭބެގެ އަންހެނުން މީރާ ރާޖުޕުތާއެކު ޖާންވީ ކަޕޫރުމެން ގެއަށް ކެއުމަކަށް ގޮސްފަ އެވެ.

ކާން ހުރި އެއްޗެހީގެ ފޮޓޯ މީރާ ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު ޖާންވީ މިވަނީ ވެޖިޓޭރިއަން ބިރިޔާނީ ކައްކާފަ އެވެ. އެގޮތުން ޖާންވީގެ ބުރަ މަސައްކަތް ބަލައިގަންނަ ކަމަށް ޖާންވީ ބުނެ އެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ އިޝާން އާއި ޖާންވީ ލޯބީގެ ގޮތުން ގުޅިގެން އުޅުން ކަމެވެ. ދެމީހުން ވެސް އެކަމަށް އެއްބަސް ނުވި ނަމަވެސް ބެލެވޭ ގޮތުގައި އެމީހުންގެ މެދުގައި ކޮންމެވެސް ހާއްސަ ގުޅުމެއް އެބަ އޮތެވެ.

ދެމީހުން އެކުގައި ބޮލީވުޑަށް ތައާރަފުވީ ކަރަން ޖޯހަރުގެ "ދަޅަކް" އިންނެވެ. ޖާންވީ މިވަގުތު އަންނަނީ ގުންޖަން ސަކެނާގެ ހަޔާތަށް ނެރޭ ފިލްމު "ކާގިލް ގާލް" ގެ މަސައްކަތް ކުރަމުންނެވެ. އެފިލްމަށް ފަހު ދޯސްތާނާގެ މަސައްކަތް އޭނާ ފަށާނެ އެވެ.

އިޝާން އަންނަނީ މިރާ ނާސިރްގެ "އަ ސުޓަބަލް ބޯއީ" ގެ މަސައްކަތް ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް