ads
ތިނަދޫން ރެންޑަމްކޮށް ސާމްޕަލް ނެގުން
ތިނަދޫ އާއި ގައްދޫ ލޮކްޑައުން ކުރަނީ
ހުވަދު އަތޮޅުގައި އޮތް އެންމެ މައިދެރަށް ލޮކްޑައުން އަކަށް ގެންދިއުމަށް ގދ.އަތޮޅު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ. މިނިންމުން ނިންމާފައިވަނީ ރޭ އެސެންޓަރުން ބޭއްވި ބައްދަލު ވުމެއްގައެވެ.

މިކަމާގުޅޭގޮތުން ގދ.އަތޮޅު ކައުންސިލް ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވީ ރޭގެ އެނިންމުން ތަންފީޒު ކުރުމަށްޓަކައި މިއަދު ތިނަދޫ ކައުންސިލާއި، އެމެޖެންސީ އޮޕަރޭޝަން ސެންޓަރާއެކު އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

އަދި ގައްދޫ ކައުންސިލާއި މަޝްވަރާ ކޮށްފައިވާކަމަށާއި، މިއަދު އީއޯސީ ގައި ގައްދޫ ލޮކްޑައުންކުރުމަށް އެދޭނެ ކަމަށެވެ.

ތިނަދޫ ލޮކްޑައުނަކަށް ގެންދަން ނިންމާފައިވާއިރު އެރަށުން މިހާތަނަށް 315 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަދި އޭގެތެރެއިން 131 މީހުން އަދިވެސް ބަލިން ރަނގަޅު ނުވެއެވެ. އިއްޔެވެސް އެރަށުން 9 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.

ފައިހަތު ވިދާޅުވީ ގައްދޫ އޮތީ މިހާރުވެސް ފުލް ލޮކްޑައުނަކަށް ދާން ތައްޔާރުވެފައި ކަމަށެވެ. 

މިދެރަށް ލޮކްޑައުނަކަށް ގެންދާއިރު ދެރަށުގައި ދެވޭ ޚިދުމަތްތައް ކުރިަށް ގެންދާނެ ގޮތާއި، ދިމާވެދާނެ ދަތިތަކާ ބެހޭ ގޮތުން ރޭގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް