ads
ހިފެހެއްޓި ބިދޭސީ މީހާ----
ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހަކު ހުއްޓުވައިފި
ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ފިރިހެނަކު ހުއްޓުވައިފި އެވެ.

އިިމިގްރޭޝަނުން ބުނީ ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވާފައިވަނީ ބިދޭސީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމިހާ ހިފަހައްޓާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. 

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ މައްސަލަތައް ގިނަވުމާއި ގުޅިގެން މިފަހުން ކަސްޓަމްސްއާއި، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ގުޅިގެން ވަނީ ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ.

އެހެންކަމުން މިހާރު ފިންގަ ޕްރިންޓާއި، ސެކިއުރިޓީ ސޮފްޓްވެއަގެ އިތުރުން ކެމެރާވެސް ފަހުގެ ސޮފްޓްވެއަތަކަށް ވަނީ އިތުރުކޮށްފައެވެ. އެއާއެކު ކުރިއަށްވުރެ ބޮޑަށް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން އުޅޭ ފަރާތްތައް އިމިގްރޭޝަންއަށް ދެނެގަނެވޭނެއެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް