ads
ށ. ބިލެއްފަހި ބަނދަރު----
ބިލެތްފަހި ބަނދަރު ފުންކުރުން: 28.42 މިލިއަން ރުފިޔާގެ މަޝްރޫއެއް
ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާކަމަށް އެމްޓީސީސީން ބުނެފި އެވެ.

ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ  28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެެވެ.

އަދި 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެެވެ. 

މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތަކީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް