ads
ވަރުން
ގިނަ ބައެއްގެ ސަމާލުކަން ވަރުންގެ ރަތް ކުލައިގެ ހަރުވާޅަށް!
ގިނަ ބައެއްގެ ސަމާލުކަން ވަރުން ދަވަންގެ ރަތް ކުލައިގެ ހަރުވާޅަށް އަމާޒުވެއްޖެ އެވެ.
ގިނަ ބައެއްގެ ސަމާލުކަން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަންގެ ރަތް ކުލައިގެ ހަރުވާޅަށް އަމާޒުވެއްޖެ އެވެ.

މި ހަރުވާޅު ފެނިގެންދަނީ ޓުވިޓާގައި ކަރަން ހިއްސާކޮށްފައިވާ ވީޑިއޯ އެއްގަ އެވެ. މިވީޑިއޯ އަކީ އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ހައުސްފުލް 4"ގެ ލަވައެއް ކަމަށްވާ "ބަލަ"އަށް ކަރަން ނަށާފައިވާ ވީޑިއޯ އެކެވެ.

މިވީޑިއޯގައި ކަރަންގެ ނެށުމަށް ވުރެ ގިނަ ބައެއްގެ ލޯތައް އަމާޒުވީ އޭނާ ލާފައި ހުރި ހަރުވާޅަށެވެ. ރަތް ކުލައިގެ ދޫ އެހަރުވާޅުގައި ފައިގެ ދެފަރާތުން ވަނީ ފޮތިގަނޑު ފަޅާލާފަ އެވެ. މި ހަރުވާޅާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ވަރުންނަށް ޖޯކު ޖަހަމުންނެވެ.


ވަރުން އެންމެ ފަހުން ފެނިގެން ދިޔައީ "ކަލަންކް" އިންނެވެ. މިފިލްމަށް އެހާ ބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް ވަރުން ފިލްމުގައި ދައްކައިދިން ރޯލަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.

ވަރުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ސްޓްރީޓް ޑާންސް" އިންނާއި "ކޫލީ ނަންބަރު 1" އިންނެވެ.

ވަރުން ކުޅެފައިވާ ބައެއް ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޖުލުވާ 2" އާއި "ބަދްލާޕުރް" އާއި "ދިވާލީ" އަދި "ސްޓޫޑެންޓް އޮފް ދި އިޔާ" ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް