ads
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް – ފޮޓޯ: މަޖިލިސް
ސަރުކާރުން ކޮރަޕަޝަންގެ އަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅާ: ރޮޒައިނާ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮރަޕްޝަންގެ އަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ބޭނުން ނުވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައި ވަނިކޮށެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ވެރިިކަމާ ހަވާލުވި ފަހުން ޖުމްލަކޮށް ކުރައްވާފައިވާ މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ މި ހާލަތުގައިވެސް ސަރުކާރުގެ ވަޒީފާއިން މީހުން ނުކަނޑައި ތަރައްގީގެ ޕްރޮޖެކްޓުތައްވެސް ހިންގަވާކަން ފާހަގަކުރެއްވިއެވެ. 

ރޮޒެއިނާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ކޮރަޕްޝަންގެ އަމަލުތަކަށްވެސް ބަރާބަރަށް ފިޔަވަޅު އަޅާކަމަށެވެ. 

"ކޮރަޕްޝަންގެ އަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅުއްވާ. ކޮންކަމެއް ނުވެގެންތޯ ބަޔަކު މި ތެޅިފޮޅެނީ." ރޮޒައިނާ

ސަރުކާރާ އެމްޑީޕީގެ މަސައްކަތް ދެބައިވެފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހަސަން ލަތީފު ވިދާޅުވެފައިވަނީ ސަރުކާރާއި އެމްޑީޕީގެ މަސައްކަތްތައް ދެބައިވާންޖެހުނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އާއި ކޮރަޕްޝަން މައްސަލަތައް ބަލަން ސަރުކާރުން ފަސްޖެހެން ފެށުމުން ކަމަށެވެ. 

އޭގެ އިތުރުން ހަސަން ލަތީފު ދެއްކެވި ވާހަކަތަކަށް ތާއިދުކުރައްވައި ރައީސް މުހައްމަދު ނަޝީދުގެ ފޭކު ޓުވިޓާ އެކައުންޓުކަމަށް ބުނާ އެލެކްސް އަހުމަދުގެ އެކައުންޓުން ބުނެފައިވަނީ ސަރުކާރުން ބޭނުންވީ އެމްއެމްޕީއާރުސީގެ މައްސަލައާއި މަރުތަކުގެ މައްސަލަ އޮއްބާލަން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް