ads
މާލޭގެ މަގުމަތި--
މިއަދު މާލެ ސަރަހައްދުން 113 މީހުން ޕޮޒިޓިވް
މިއަދު މާލޭ ސަރަަހައްދުން އަލަށް 113 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަދު ރާއްޖެއިން ކޮވިޑް 19 އާ ޕޮޒިޓިވްވެފައިވަނީ ޖުމްލަ 224 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 113 މީހުންނާއި އަތޮޅުތެރޭން ޕޮޒިޓިވްވީ 104 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވީ ހަތް މީހެކެވެ.

މިއަދު މާލޭ ސަރަހައްދުން 113 މީހުން ޕޮޒިޓިވްވެފައި ވާއިރު މިއީ އިއްޔެއާ އަޅައި ބަލާއިރު އިތުރު އަދަދެކެވެ. އިއްޔެ މާލޭ ސަރަހައްދުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހުރީ 100 އިން ދަށުގައެވެ. ނަމަވެސް ޖުމްލަ ރާއްޖެއިން ޕޮޒިޓިވްވީ މީހުން އިއްޔެ ގިނައެވެ. އިއްޔެ ރާއްޖެއިން ޖުމްލަ 246 މީހުން ޕޮޒިޓިވްފެފައިވާއިރު، މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 88 މީހުންނެވެ.  

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 70301 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 58،832 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތައް އުޅެނީ 9326 ގައެވެ.

މިވަގުތު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 88 މީހަކަށެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 197 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް