ads
ޓޯނީ ކައްކަރު
ޓޯނީ ކައްކަރު ގެ މުޅިން އާ ލަވައެއް "ނަމްބާ ލިކް"
ޓޯނީ ކައްކަރު ގެ ލަވަ "ނަމްބާ ލިކް" ރިލީސް ވާން ބާކީ 5 ދުވަހަށް ވެއްޖެއެވެ. މި ލަވަ ރިލީސް ކުރަން ހަމަ ޖެހިފަައި ވަނީ މި މަހުގެ 18 ގަ އެވެ.

ޓޯނީގެ މި ލަވާގައި ނިކީ ޓަމްބޯލީ ގެ ފަރި އެކްޓިންވެސް ފެނިގެން ދާނެއެވެ. މި ލަވަ އަކީ ޑޭސީ މިއުޒިކް ފެކްޓަރީ އުފެއްދުމެކެވެ. ޓޯނީ އަދި ނޭހާ  ކައްކަރު ގެ ގިނަ ލަވަ ތަކެއް  އުފައްދަމުން އައްނަނީ އެ ކޮމްޕެނީންނެވެ.

"ނަމްބާ ލިކް" މި ލަވަ ޑައިރެކްޓު ކޮއްފައި ވަނީ އަގްނަމް އަދި އަޒީމް އެވެ. މި ލަވައިގެ މިއުޒިކް އަދި ލިރިކްްސް ލިޔެފައި ވަނީ ޓޯނީ އެވެ. 

ޓޯނީ އަކީ އެތަކެއް ހިޓް ލަވަތަކެއް ލިޔެ ކޮމްޕޯސް ކޮއްފައިވާ ހުނަރު ވެރި ފަންނާނެކެވެ. އެގޮތުން އޭނާ އެ ލަވަ އެއް ލިޔެ ކޮމްޕޯސް ކޮއްފައިވާ މިލޭ ހޮ ތުމް ހަމްކޯ ވަނީ 1 ބިލިއަން ވިއު ހުރަސް ކުރި ފުރަތަމަ ބޮލީވުޑް ލޯބީގެ ލަވައަށް ވެގެން ގޮއްސަ އެވެ. މިލޭ ހޮ ތުމް ހަމްކޯ ޓޯނީ ކިޔާފައި ވަނީ އޭނާގެ ކޮއްކޮ ނޭހާ ކައްކަރު އާއި އެކު އެވެ.

.

ޓޯނީގެ "ނަމްބާ ލިކް" މި ލަވަޔަށް އެތައް މިލިއަން ކައްކަރު ފޭނުން އަންނީ އިންތިޒާރު ކުރަމުން ނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް