ads
ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލަނީ
ކޮވިޑްގެ އިތުރު މަރެއް، ޖުމްލަ 198 އަށް
ކޮވިޑް 19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ 55 އަހަރުގެ އަންހެނެއް ކަމަށެެވެ. އެމީހާ މަރުވެފައިވަނީ މިއަދުގެ 11:19 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ މިއަދު ކޮވިޑު ޖެހިގެން މަރުވި ފުރަތަމަ މީހާއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ 198 ކަށް އަރާފައެވެ.

ކޮވިޑް 19 ޖެހިގެން ރާއްޖެއިން މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު ވަނީ ކޮވިޑު ޖެހިގެން މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް