ads
ކަރީނާ ކަޕޫރް
"ބޮއިކޮޓް ކަރީނާ"ގެ ނަމުގައި އާ ޓްރެންޑެއް
ބޮލީވުޑްގެ ބަތޮލާ ކަރީނާ ކަޕޫރް ހާން ފާހަގަވެގެން ގޮސްފައިވަނީ އެންމެންގެވެސް ފެވަރިޓެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ހައިރާންވާން ޖެހޭ ސަބަބަކީ ދާދިފަހުން ސޯޝަލް މީޑިއާގައި "ބޮއިކޮޓް ކަރީނާ"ގެ ހެޝް ޓެގެއް ސޯޝަލް މީޑިއާގައި ޓްރެންޑިންއަށް އެރުމެވެ.

ހިންދޫ ވާހަކައެއްގެ މައްޗައް ފިލްމެއް ހެދުމުގެ މަސައްކަތް ކުރިޔައް ދާއިރު އެ ފިލްމުގައި ހިންދޫ ކަލާންގެއެއް ކަމުގައިވާ ސީތާގެ ރޯލް ކުޅެން ކަރީނާއަށް ވަނީ ހުށައަޅާފައެވެ. އެއާއެކު ސީތާގެ ރޯލް ކުޅެން ކަރީނާ ވަނީ 12 ކްރޯޑް ދިނުމަށް ޑިމާންޑްކޮއްފައިކަމަށް ދާދި ފަހުން މީޑިއާ ތަކުގައި ވަނީ ރިޕޯޓް ކޮއްފައެެވެ. މި ހަބަރާއެކު ސޯޝަލް މީޑިއާގައި އިންޑިއާގެ އެކި ފަރާތްތަކުން މިވަނީ ނުރުހުން ފާޅުކުރަން ފަށާފައެވެ.

އެ މައްސަލަ ފެންމަތިވެގެން ގޮސްފައިވަނީ ހަރުކަށި ވިސްނުމުގެ ހިންދޫން ކަރީނާއަކީ ފުރިހަމަ ހިންދޫއެއް ނޫން ކަމަށް ބުނެ އަޑު އުފުލަން ފެށުމުންނެވެ. އަދީ ސީތާ ފަދަ ރޯލެއެއް ކުޅެން ކަރީނާއެއްވެސް ގޮތަކައް ކަމުނުދާކަމަށް އެމީހުން ބުނެއެވެ. ސީތާ އަކީ ހިންދޫ ދީނުގެ މީހުން ގަބޫލުކުރާގޮތުން ވަރަށް މާތް އަންހެނެކެވެ. އެހެންކަމުން އެފަދަ ރޯލަކުނެ ފެނިގެން ދާންޖެހޭނީ ފުރިހަމަ ހިންދޫ ތަރިއެއް ކަމަށް އެމީހުން ބުނެއެވެ. 

ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކަރީނާ ބޮއިކޮޓް ކުރުމަށް ގޮވަމުން ދާއިރު ގިނަ ބަޔަކު ބުނަމުން ދަނީ ކަރީނާ އަކީ ހިންދޫ ދީން ދޫކޮށް މިހާރު މުސްލިމް ވެފައިވާ މީހެއްކަމަށެވެ. އެހެނަކަމުން ސީތާގެ ރޯލް ކަރީނާ ކުޅުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޓްވިޓާގައި މީހަކު ކޮއްފައިވާ ޕޯސްޓަކައް ބަލާލާއިރު، އޭނާ ބުނެފައިވަނީ ސީތާގެ ރޯލަށް ކަރީނާ 12 ކްރޯޑް އެބަނަގާ ކަމަށެވެ.  އެހެންކަމަށް ވާނަމަ ކަރީނާ އާއެކު ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުވެސް ބޮއިކޮޓް ކުރަން ޖެހޭކަމަށެވެ. 

ސީތާގެ ރޯލްކުޅެން ކަރީނާ އަށް ހުށަހެޅީ ބޮލީވުޑްގައި އިތުރު ތަރިން ނެތިގެންތޯ ސުވާލުކޮށް މީހަކު ޓްވީޓް ކޮއްފައިވެއެވެ. މި ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ޝޫޕްނަކާގެ ރޯލް ކަރީނާ އަށް ދޭންފެންނަކަމަށެވެ. މީގެ އިތުރުން އެހެން ޓްވީޓެއްގައި ބުނެފައިވަނީ ތައިމޫރުގެ މަންމަ، ސީތާ އަށް ނުވާނެކަމަށޭވެ. އިތުރު ފަރާތަކުން ބުނެފައިވަނީ ކަރީނާ އަށް ސީތާގެ ރޯލް ލިބެން ނުޖެހޭނެކަމަށެވެ. ސަބަބަކީ ކަރީނާގެ ދަރިފުޅުގެ ނަމަކީ ތައިމޫރު ކަމަށާއި ފިރިމީހާގެ ނަމަކީ ސައިފް ކަމަށް ވުމުންނެވެ. އެހެންކަމުން ކަރީނާއަށް ލިބެން ވާނީ ރަޒިއްޔާ ސުލްތާންގެ ރޯލްކަމަށެވެ. އަދި ސީތާގެ ރޯލް ލިބެންޖެހޭނީ ކަންގަނާ އަށް ކަމަށެވެ. 

މީގެ އިތުރުން ބައެއްފަރާތްތަކުން ދަނީ ކަރީނާގެ ދަރިފުޅުގެ ނަންބަދަލުކުރުމަށްވެސް ފާޅުކަން ބޮޑުގޮތެއްގައި ގޮވަމުންނެވެ. މީގެ އިތުރުން އެއްބަޔަކު ސީތާގެ ރޯލަށް ފިޓްވަނީ ކަންގަނާ ކަމަށް ބުނަމުން އަންނަ އިރު އަނެއްބަޔަކު ބުނަމުންދަނީ މި ދެ ތަރިންވެސް މި ރޯލަށް ފިޓުނުވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް