ads
ޕްރިޓީ ރޫމީ
ޕްރިޓީ ރޫމީގެ ފުރަތަމަ ފެނިލުމަކީ ޓިކްޓޮކް އެއް ނޫން
ޓިކްޓޮކް އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ، އަދި ޓިކްޓޮކް ގައި މިހާރު ފިޔަޖަހަމުންދާ ޕްރިޓީ ރޫމީ(ފާތިމަތު ރޫމާ) ގެ ފުރަތަމަ ފެނިލުމަކީ ޓިކްޓޮކް އެއް ނޫނެވެ.

އެމްބީއެން އަށް ރޫމާ ދިން އިންޓަވިއުއެއްގައި ސުވާލު ކުރުމުން  އޭނާ ބުނީ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވާނީ ލަވައަކުން ކަމަށެވެ. އެގޮތުން ސިފައިންގެ 100 ވަނަ އަހަރު ދުވަހު ރޫމީ ފެނިގެންދިޔައީ "މަސްލަހަތު ނެތް އަނބިން" މި ލަވައިންނެވެ. މި ލަވައިން ރޫމީގެ ފުރަތަމަ ފެނިލުން ފެނިގެން ގޮސްފައިވާއިރު، އޭރު ރޫމީ ހުރީ ވަރަށް ހިކިކޮށެވެ. އަދި އިންޓަވިއުގައި ރޫމީ ބުނެފައިވަނީ މިހާރު ފަލަ ވަނީ ރޭގަނޑު ކާތީ ކަމަށެވެ. 

އިތުރަށް އޭނާ ބުނެފައިވަނީ ފުރަތަމަ ޓިކްޓޮކް އަށް ވަނީ އެއްވެސް އެއްޗެއް އެކަމާ ގުޅިގެން އެނގިގެން ނޫންކަމަށެވެ. އެޕް އެޅުމަށް ފަހު ޓިކްޓޮކް ކުޅެން ފެށުމުން ދެން ޝައުގުވެރިވީ ކަމަށެވެ. އަދި ކުރިން ހީކުރީ ޓިކްޓޮކް ގެ ވީޑިއޯތައް ކުރުކަމުން ވަރަށް ފޫހިވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
55%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް