ads
މޯލްޑިވްސް މީޑިއާ ކައުންސިލް-- ފޮޓޯ: އެމްއެމްސީ
އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށްތައް މީޑިއާގައި ހާމަކުރުން މަނާކޮށްފި
ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މަޢުލޫމާތު ރިޕޯޓުކުރާއިރު، އެކުއްޖަކު އުމުރުން 18 އަހަރުވުމުގެ ކުރިން ކޮށްފައިވާ ކުށްތައް މީޑިއާގައި ރިޕޯޓުނުކުރެވޭ ގޮތަށް، "ގާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު" އެކުލަވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު އެކުލަވާލައި ގެޒެޓުކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ކުށެއްގެ ތުހުމަތުކުރެވ ހިސާބުން ފެށިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއްގައި ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މަޢުލޫމާތު ނުވަތަ ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ވަނަވަރު ހާމަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މަޢުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިޢުކޮށްގެން ނުވާނެއެވެ.

އަދި ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއްގައި ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާއާ ގުޅުންހުރި ވ ދަނައަކާ ގުޅ މަޢުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރ ގައި ކުއްޖާއަކީ ކާކުކަން އެނގ ފަދަ ނުވަތަ ދ ހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މަޢުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ހާމަކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި އުސޫލާއެކު ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫން ވެސް ސަބަބަކަށްޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބ ނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވ ނެ ފަދަ ނުވަތަ ދ ހަވާނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެ ކުދިންގެ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ބޭނުން ކުރުން މަނާވެގެންދާނެއެވެ.

މީގެ އިތުރުން ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މަޢުލޫމާތު ރިޕޯޓުކުރާއިރު، އެއްވެސް މީހަކު، އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތާއި ަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއް ކަޑައްތުކޮށް މުޖުތަމަޢަށް ހެޔޮގޮތުގައި ކުއްޖާ އެނބުރި ރުޖޫޢަވުމާ ހަމައަށް ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މަޢުލޫމާތު ހާމަކުރުން ވެސް މި އުސޫލުގެ ދަށުން މަނާވެގެންދާނެއެވެ.

ހަމައެއާއެކު ކުއްޖާއާ ގުޅުންހުރި ވޭދަނައަކާ ގުޅޭ މަޢުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މަޢުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ހާމަ ކުރުމަކީ މަނާ ކަމެއް ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

މި އުސޫލާ ހިލާފުވާ މީޑިއާތަކަށް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ އެމްއެމްސީން މަތިން ފިޔަވަޅު ފިޔަވަޅު އެޅޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް