ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް---
އިސްލާހާއި ގުޅޭ މައުލޫމާތު ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް
އެފްޑީއައި ޕޮލިސީ އަށް ގެނައި އިސްލާހާއި ގުޅޭ މައުލޫމާތު ދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ ގެ ފަރާތުން މިރޭ ނޫސްވެރިންނާ ބައްދަލު ކުރަން ނިންމައިފިއެވެ.

މި ޕްރެސް އޮންނާނީ މިރޭ8:30 ގައެވެ.

ސަތޭކަ އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތައް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް ގެނައި އިސްލާހާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ބުނެފައިވަނީ އެ މިނިސްޓްރީގެ އޮފިޝަލް ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައެވެ.

އެފްޑީއައި ޕޮލިސީގައި ކުރީގައި އޮންނަ ގޮތުން ނަމަ 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭނެއެވެ. ކުރީގެ ގަވާއިދުގައި ވާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަސް އަހަރުގެ މުއްދަތަށެވެ.

ނަމަވެސް ރޭ އެފްޑީއައި ޕޮލިސީއަށް ބަދަލުގެނެސް އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކުރި އިސްލާހުގައި ވާގޮތުން އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.

އަދި ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ނަމަވެސް މިއަދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ އެފްޑީއައިއަށް ގެނައި އިސްލާހުގައި ދިވެހި އަދި ބޭރުގެ އިންވެސްޓަރަކަށްވެސް ރާއްޖޭގެ އެއްވެސް އެއާޕޯޓެއްގައި އެއާ ޓްރެފިކް އޮޕަރޭޝަން ހިންގުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށާއި އެކަން ކުރާނީ ދިވެހި ސަރުކާރުން ކަމަށެވެ. އެކަން އޮޅުން އަރާގޮތަށް އޮތުމުން އިސްލާހުގެ އިބާރާތް ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަނިމާދޫގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ހަތް އަހަރުވެފައިވީ ނަމަވެސް އެތަން ތަރައްގީކުރަން ފަށާފައިވަނީ އެތަނުން ބައިނަލްއަގްވާމީ ފެންވަރަށް ހިދުމަތް ނުލިބޭތީއެވެ. އެއާއެކު ހަނިމާދޫގައި އަލުން އެއާޕޯޓު އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުނެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެ އެވެ. އެއާއެކު، އެ ރަށުގެ ޖަމިއްޔާތަކާއި އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް