އަޖޭ އާއި ކާޖޮލް
އަޖޭގެ ހަރަދުގައި ވެކްސިން ޖަހާދެނީ
Share
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އޭނާ ގެ ފައުންޑޭޝަން އެންވައި ގެ ހަރަދުގައި ފިލިމު އިންޑަސްޓުރީގައި މަސައްކަތް ކުރާ ފަރާތަކަށް ވެކްސިން ޖަހާދޭން ފަށައިފި އެވެ
Advertisement

ހުކުރު ދުވަހު މި ކެމްޕޭން ފަށާފައިވާކަން ބޮލީވުޑްގެ ހަބަރު ގެނެސްދޭ ތަރަން އާދާޝް ވަނީ ޓްވީޓަކުން ކަށަވަރުކޮށްދީފައެެވެ. 

އަޖޭ ވަނީ މީގެ ކުރިން ކޮވިޑްގެ މި ހަލާތާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައެވެ. 

އެގޮތުން އޭނާ ވަނީ ބްރިހާމް މުމްބާއީ މުނިސިޕަލް ކޯޕަރޭޝަނާއި ގުޅިގެން ހިންދޫޖާ އައިސީޔޫ އަކަށް ބަދަލުކޮށްދީ އެތާނގައި ބޭނުންކުރަންޖެހޭ ސިއްހީ ވަސީލަތްތައް ފޯރުކޮށްދީފައިއެވެ. 

ކޮވިޑްގެ މިހާލަތާ ދިމާކޮށް ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ވަނީ އެކި ގޮތްގޮތުން އެހީވާން ފަށާފައެވެ. އެ ގޮތުން ޕްރޮޑިއުސަރު ރާޖް ކުމާރް ހިރާނީ، ކަރަން ޖޯހަރު ގެ އިތުރުން މަހާވީރު ޖެއިންވެސް ވަނީ މިދާއިރާގައި އުޅޭ މީހުންނަށް ހިލޭ ވެކްސިން ފޯރު ކޮށްދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް