ads
ސުޝާންތު އާއި މަހިކާ
ސުޝާންތު ދެކެ ލޯބިވާ ވާހަކަ ނުބުނެވުނީތީ ދެރަވޭ: މާހިކާ
ބޮލީޑުގެ ތަރި ސުޝާންތު ސިންގުރާޖްޕޫތުގެ މަރަށް މިއަދު އަހަރެއް ވާއިރު، ސުޝާންތު ދެކެ އަބަދު ވެސް ލޯބިވި ކަމަށާއި އެ ވާހަކަ ސުޝާންތު ގާތު ނުބުނެވުނީތީ ދެރަވާކަމަށް ބޮލީވުޑު ތަރި މަހިކާ ޝަރްމާ ބުނެފިއެވެ.

ސުޝާންތުގެ މަރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޮލީވުޑުގެ ގިނަ އަދަދެއްގެ ތަރިން އަންނަނީ މީސް މީޑިއާގައި ސުޝާންތުގެ ހަނދާން އާ ކުރަމުންނެވެ.

ޒީ ނިއުސް އަށް ދިން އިންޓައިއުއެއްގައި ސުޝާންތުގެ ރަހުމަތްތެރިއެއް ކަަމަށްވާ ބަތަލާ މަހިކާ ބުނީ ސުޝާންތު އޭނާގެ ހަޔާތް ނިންމާލީ ބޮލީވުޑަށް ކަމަށެވެ. އަދި ސުޝާންތުގެ މަރަކީ އަދިވެސް ގޮތް ނޭނގޭ މަރެއް ކަމަށާއި އޭނާގެ މަރުން އާދައިގެ މީހަކަށް ބޮލީވުޑުގައި ކާމިޔާބު ނުހޯދޭނެ ކަން ހާމަވެގެން ދިޔަ ކަމަށް މަހިކާ ވަނީ ބުނެފައެވެ.

މަހިކާ ބުނީ އޭނާ އަބަދުވެސް ސުޝާންތު އާ މެދު ދެކުނީ ވަރަށް ގާތްކޮށް ކަމަށެވެ. އަދި އެކުވެރިންގެ ގޮތުގައި އުޅުނަސް އޭނާ އަބަދުވެސް ސުޝާންތު ދެކެ ލޯބިވި ކަމަށް މަހިކާ ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނީ ބޮލީވުޑަށް ސުޝާންތު ވަދެ މަޝްހޫރުވުމުން ލޯބި ހުށަހަޅަން ނުކެރުނު ކަމަށާއި ނަމަވެސް ލޯބިވާ ވާހަކަ ނުބުނެބުނީތީ ދެރަވާ ކަމަށެވެ.

މަހިކާއަކީ 'ޗަލޯ ދިއްލީ" އާއި "މިސްޓަ ޖޯ ބީ ކާވަޅޯ" ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ބަތަލެކެވެ.

މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ސުޝާންތު މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ކޮޓަރިންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް