ads
ިމިނިސްޓަރު ފައްޔާޒު---ފޮޓޯ:އަވަސް
އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް ވިއްކުމުގެ ހުވަފެނެއް ނެތް:ފައްޔާޒު
އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް ވިއްކުމުގެ ޝައުގުވެރިކަމެއް، ވިސްނުމެއް އަދި ހުވަފެނެއްވެސް ނެތް ކަމަށް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތައް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް އިއްޔެ ގެނައި އިސްލާހާއެކު ހަނިމާދޫ އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. 

މި އަޑުތަކާ ގުޅިގެން މިނިސްޓަރު ފައްޔާޒް ވަނީ މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވި މިހާރު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓުތައް ތަރައްގީކުރުމަށް ކޯޕަރޭޓިވް މޮޑެލެއްގައި އެއާޕޯޓުތައް ހިންގުން އެއީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ. 

އަދި އެކަމަށް ރީޖަނަލް އެއާޕޯޓު ކުންފުންޏެއް އުފައްދާ އޭގެ ދަށަށް އެއާޕޯޓުތައް ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ނަމަވެސް ރީޖަނަލް އެއާޕޯޓުތަކުގެ އެންމެ ހިއްސާއެއް ވެސް ބޭރު ގައުމެއްގެ ކުންފުންޏަކަށް ނުދޭނެ ކަމަށް ތަކުރާރުކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"ރީޖަނަލް އެއާޕޯޓު ކުންފުނި ނުވަތަ އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް މިސަރުކާރުން އަޅުގަނޑުމެން ބަޔަކަށް ވިއްކާލުމުގެ، ދިނުމުގެ އެއްވެސް ޝައުގުވެރިކަމެއް ވެސް ވިސްނުމެއް ވެސް ހުވަފެނެއް ވެސް ނެތޭ" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ރީޖަނަލް އެއާޕޯޓު ކުންފުނި ރަނގަޅު ހަރުފަތަކަށް ގެންދެވޭ ހިސާބުން ދިވެހި ރައްޔިތުންނަށް ހިއްސާ އޮންނަ ގޮތަށް، ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ތެރޭ ދިއުމުގެ ހުވަފެން ދެކިވަޑައިގަންނަވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް