ads
ދިއްގަރު ސިއްހީ މަރުކަޒު-
ޓްރީ ޓޮޕާ ގުޅިގެން ދިއްގަރުގައި ހާއްސަ ހެލްތު ކޭމްޕެއް ބާއްވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލާއި މ. ދިއްގަރު ސިއްހީ މަރުކަޒު ގުޅިގެން އެރަށުގައި ހާއްސަ ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލާއި މ. ދިއްގަރު ސިއްހީ މަރުކަޒު ގުޅިގެން އެރަށުގައި ހާއްސަ ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

ދިއްގަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަދީމް ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ޑޮކްޓަރު ޑރ. ފަރްޒާނާ ނާސިރާއި ޑާމަޓޮލޮޖިސްޓް އެސޯސިއޭޝަންގެ ޑޮކްޓަރު ޑރ. ހަނާ ސާލިހު، އެ ސެންޓަރުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން އެ ދުވަހު ޑޮކްޓަރަށް ދައްކަން ބޭނުންނަމަ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އައިޑީކާޑު ހިފައިގެން އެ މަރުކަޒަށް ގޮސް ނަން ނޯޓް ކުރަން ޖެހޭނެ ކަމަށް ނަދީމް ވިދާޅުވި އެވެ.

ނަދީމް ވިދާޅުވި ގޮތުގައި މިއީ މިއީ ޓްރީޓޮޕުން އަތޮޅު ތެރޭގެ ރަށެއްގައި ކޭމްޕެއް ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުން ހެނދުނު 9:00 އިން ރޭގަނޑު 21:00 ގެ ނިޔަލަށް ބަލި މީހުން ބަލާނެ އެވެ.

އެއް ހާހެއްހާ މީހުން ދިރިއުޅޭ ދިއްގަރު، ސިއްހީ މަރުކަޒުން އަންނަނީ ލެބޯޓްރީގެ ހިދުމަތާއި ޕަބްލިކް ހެލްތުގެ ހިދުމަތް ދެމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް