ads
ސްކޮޓްލަންޑް- ޗެކްރިޕަބްލިކް މެޗުގެ ތެރެއިން
ޔޫރޯ 2020: ސްކޮޓްލަންޑް ބަލިކޮށް ޗެކް ގްރޫޕުގެ އެއްވަނައަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހޯމަ ދުވަހުގެ ރޭ، ސްކޮޓްލަންޑް ބަލިކޮށް ގްރޫޕުގެ އެއްވަނައަށް ޗެކްރިޕަބްލިކް އަރައިފިއެވެ. ސްކޮޓްލަންޑްގެ މައްޗަށް ޗެކް ރިޕަބްލިކް ކުރި ހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ.

ޗެކް ރިޕަބްލިކާ ސްކޮޓްލަންޑް ހިމެނެނީ އިނގިރޭސިންނާ ކްރޮއޭޝިއާއާ އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގައި ހޯމަ ދުވަހުގެ ރޭ ދެ ލަނޑުން ޗެކްރިޕަބްލިކް މޮޅުވުމުން އެ ޓީމަށް ގްރޫޕުގެ ކުރި މި ވަގުތަށް ލިބެއެވެ. ދެވަނައިގަ އިންގްލަންޑް އޮތް އިރު އިނގިރޭސިން އަތުން ބަލިވި ކްރޮއޭޝިއާ އޮތީ ތިންވަނަގައެވެ. އަދި ފުލުގައި އޮތީ ހޯމަ ދުވަހުގެ ރޭ ބަލިވި ސްކޮޓްލަންޑެއެވެ.

ސްކޮޓްލަންޑް ކޮޅަށް ޗެކް ރިޕަބްލިކުން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޯމަ ދުވަހުގެ ރޭ މޮޅު ކުޅުމެއް ކުޅުނު ޕެޓްރިކް ޝިކްއެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުގައި އިނގިރޭސިންވަނީ ކްރޮއޭޝިއާ ބަލިކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް