ads
ސުޝާންތު އާއި ސާރާ
ސުޝާންތުގެ ހަނދާނުގައި ސާރާ ޕޮޓޯއެއް ޝެއާކޮއްފި
ސާރާ އަލީ ހާންގެ ފުރަތަމަ ކޯ ސްޓާރ ސުޝާންތު ސިން ރާޖްޕުތުގެ މަރަށް އަހަރެއް ވުމާއި ގުޅިގެން އޭނާގެ ހަނދާނުގައި ސާރާ ވަނީ އިންސްޓަގްރާމުގައި ދެމީހުން އެކުގައި ފެންނަ ފޮޓޮއެއް ހިއްސާކޮއްފައެވެ.

ސާރާ ހިއްސާކުރި ފޮޓޯގައި ފެނިގެންދަނީ ސުޝާންތު އާއި ސާރާ ޕޫލެއްގެ ތެރޭގައި ތިބޭ މަންޒަރެވެ. މި ދެ ތަރިންގެ މޫނުމަތިންވެސް ފޮޓޯގައި އުފާވެރި ހިނިތުންވުމެއް ފެނިގެންދެއެވެ. 

އެހީތެރިކަމެއް  ނުވަތަ  ނަސޭހަތެއް  ވިޔަސް  ބޭނުންވާ  ކޮންމެ  ވަގުތެއްގައިވެސް  ސުޝާންތު ސާރާއައި އެކީގައި  އަބަދުވެސް  ވިކަމަށް  ސާރާ  ވަނީ  ފޮޓޯގެ ކެޕްޝަންގައި  ބުނެފައެވެ.  މީގެ  އިތުރުން  އެކްޓިންގެ  ދުނިޔެއަށް  ސާރާ  ވެއްދީ  ސުޝާންތު  ކަމަށް  ސާރާ  ބުނެފައިވެއެވެ.  އަދި  ހުވަފެނަކީ  ހަގީގަތަކަށް ބަދަލު ކުރެވޭނެ  އެއްޗެއްކަން  ސާރާ  އަށް  އަންގަދިނީ  ސުޝާންތު  ކަމަށެވެ. 

އަދިވެސް  ސުޝާންތު  ވަކިވެގެން  ދިޔަކަން  ގަބޫލުުރަން  ދަތިކަމަށް  ސާރާ  ބުނެފައިވެއެވެ. އެކަމަކު ތަރިތަކަށާއި އަރައިގެން އަންނަ އިރު، ހަނދު ފެންނަ ކޮންމެ ފަހަރަކު ސުޝާންތު އެކީގައި ވާ އިހުސާސް ކުރެވޭކަމަށްވެސް ސާރާ ބުނެފައިވެއެވެ.

މީގެ ކުރިން މި ދެ ތަރިން ޑޭޓްކުރިކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިގެން ގޮސްފައެވެ. އަދި ސުޝާންތުގެ މަރުގެ މައްސަލައިގައި ކުރަމުން އަންނަ ތަހުގީގަށް ފެންމަތިވި ބޮލީވުޑްގެ ޑްރަގް ނެޓްވޯކުގެ މައްސަލައިގައި ސާރާ ވަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ. އަދި މީގެ ދުވަސްކޮޅެއްކުރިން ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ވަނީ ސުޝާންތު އަށް މަސްތުވާތަކެތި ތައާރަފްކޮށްދިނީ ސާރާ ކަމަށް ބުނެ ބަޔާންދީފައެވެ. 

މި ފޮޓޯއަށް ގިނަ ބަޔަކު ލައިކް ކޮއްފައިވާއިރު ސުޝާންތު އަމިއްލަޔަށް މަރުވި އިރު މި މީހުން ކޮބާތޯ އެއްބަޔަކު ވަނީ ސުވާލު ކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް