ads
ޕްރިޓީ ރޫމީ
ކުދިން އެއްޗެހިު ނުކިޔާތީވެ ވަރަށް ދެރަވޭ: ޕްރިޓީ ރޫމީ
ކުދިން އެއްޗެހި ނުކިޔާތީ ދެރަވާ ކަމަށް ޕްރިޓީ ރޫމީ (ފާތިމަތު ރޫމާ) ބުނެފިއެވެ.

ރޫމީ މިހެން ބުނެފައިވަނީ އެމްބީއެން އަށް ދިން އިންޓވިއެއްގައި ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. އެގޮތުން އޭނާ ގާތުއެއްވެސް ވަރަކަށް ނެގެޓިވް ކޮމެންޓްސް ލިބޭތޯ އަދި އެފަދަ ކޮމެންޓާމެދު ކަންތައް ކުރަނީ ކިހިނެތްތޯ ސުވާލު ކުރުމުން އޭނާ ބުނީ، ނެގެޓިވް ކޮމެންޓްސް އާ އެއްވެސް ވަރަކަށް އަޅާނުލާ ކަމަށެވެ. 

އެހެން ނަމަވެސް ރޫމީ ހިނިގަނޑެއް ޖަހާލަމުން ބުނީ މިހާރު ނެގެޓިވް ކޮމެންޓްސް ނުލިބޭ ކަމަށެވެ. އަދި މީހުން އެއްޗެހި ނުކިޔާތީ ދެރަވެސްވާ ކަމަށެވެ. އެއީ ކުރީގައި އެވަރަށް އެއްޗެހި ކިޔާފައި ނުކިޔާތީ ދެރަވާކަމަށެވެ. 

ރޫމީ އިތުރަށް ބުނީ ނެގެޓިވް ކޮމެންޓްސް ލިބުނު އިރުގައިވެސް ވަރަށް ހިތްދަތިވާ ކޮމެންޓްސް ލިބިފައިވާކަމަށާއި އެހެން ނަމަވެސް އަޅާލާފައި ނުހުންނާނެކަމަށެވެ.

ޕްރިޓީ ރޫމީ އަކީ މިހާރު ޓިކްޓޮކް ގައި އެންމެ އުހުގައި ފިޔަ ޖަހަމުންދާ އެއް ތަރިއެވެ. 

44%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް