ads
ކަރީނާ ކަޕޫރް
މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ބޮއިކޮޓް ކުރަން ގޮވަނީ
މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ބޮއިކޮޓް ކުރަން ގިނަބަޔަކު ފަށައިފިއެވެ.

އޭނާ ބޮއިކޮޓް ކުރަން ގޮވަމުންދަނީ މައިތޮލޮޖިކަލް ފިލްމް ސީތާ ކުޅެން 12 ކުރޯޑު ރުޕީސް (ފަންސަވީސް މިލިޔަން ދިވެހި ރުފިޔާއަށް ވުރެ ގިނަ) އަދަދެއް ހުށަހެޅުމުންނެވެ. މިކަމާއި ގުޅިގެން ގިނަބަޔަކުވަނީ ވަނީ ނުރުހުން ފާޅުކޮށްފައެވެ. 

ސަބަބެއްކަމުގައި ބެލެވެނީ ސީތާ އަކީ ހިންދޫ މައިތޮލޮޖީ އާއި ބެހޭ ވާހަކަ އަކަށް ވުމުން  ގިނަ ބަޔަކު ގަބޫލު ކުރަމުންދަނީ މިވަރުގެ ބޮޑުއަގެއް ކިޔައިގެން ނުވާނެކަމަށެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ސީތާ ގެ ކެރެކްޓާ ކަރީނާއަށް ވުރެން މާ މޮޅެތި އަންހެންތަރިން ބޮލީވުޑްގައި ތިބި ކަމަށެވެ.

ކަރީނާ އާންމުކޮށް ފިލްމެއް ކުޅޭނަމަ އޭނާ ޗާޖު ކުރަމުން ދަނީ 6-8 ކުރޯޑު ރުފީސްއެވެ. ނަމަވެސް ސީތާ ގެ ރޯލް ކުޅެން ކަރީނާ މިވަނީ މީގެ ދެ ގުނަ ހުށަހަޅާފައެވެ. 

މިކަމުގެ ސަަބަބުން ކަރީނާއަށް މިވަނީ ގިނަ ބައެއްގެ ނަފްރަތު އަމާޒުވެފައިއެވެ.   

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް