ads
ބިޓްކޮއިން
އެލްސަލްވަޑޯގައި ރަސްމީ ފައިސާގެ ގޮތުގައި ބިޓްކޮއިން ބޭނުން ކުރަން ފަށަނީ
އެލްސަލްވަޑޯގައި ރަސްމީ ފައިސާގެ ގޮތުގައި ބިޓް ކޮއިން ބޭނުން ކުރަން ފަށައިފިއެވެ. މިއީ ކްރިޕްޓޯ ކަރަންސީ ފުރަތަމަ ބޭނުން ކުރަން ފެށި ގައުމެވެ.

 ރޮއިޓާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުން މިޖޫން މަހުގެ ނުވަނަ ދުވަހު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި ޖަލްސާ އަށް، އެ ޤައުމުގެ ރައީސް ނަޔިބް ބުކެލެ ހުށަހެޅުއްވި ހުށަހެޅުން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވި 84 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓާއި އެކު އެވެ.

 ބިޓް ކޮއިން މާރުކުރުމަށް، އެޤައުމުގެ ބޭންޑެސަލް އިން ވަނީ 150 މިލިއަން ޑޮލަރުގެ ޓްރަސްޓް ފަންޑެއް އެކުލަވާލާފައި އެވެ.

ރައީސް ނަޔިބް ބުކެލެ ހުށަހަޅުއްވާފައިވާ ގޮތުން، ބިޓް ކޮއިނަކީ އެޤައުމުގެ ރަސްމީ ފައިސާ އަށް ވިޔަސް، ޔޫ.އެސް ޑޮލަރަކީ އެޤައުމުގެ ރަސްމީ ފައިސާކަމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެއެވެ. މާނައަކީ، އެޤައުމުގެ ރަސްމީ ފައިސާގެ ގޮތުގައި ޔޫ.އެސް ޑޮލަރުގެ އިތުރުން ބިޓް ކޮއިން ވެސް ބޭނުންކުރެވުމެވެ.

ރައީސް ނަޔިބް ބުކުލެގެ ހުށަހެޅުމުގައި ވާގޮތުން، މި ގޮތަށް ނިންމުމުގެ ސަބަބުން ޤައުމުން ބޭރުގައި ވަޒީފާ އަދާކުރާ އެލް ސަލްވަޑޯގެ ރައްޔިތުންނަށް، އެޤައުމަށް ފައިސާ ފޮނުވުމަށް ވަރަށް ބޮޑުތަނުން ފަސޭހަވާނެކަމަށް ވެސް ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވެއެވެ.

މިހުށަހެޅުން ފާސްވުމާއެކު އެލްސަލްވަޑޯގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިކަމުގެ ސަބަބުން އެލް ސަލްވަޑޯ ގައި އިންވެސްޓް ކުރާފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާއިރު، އޭގެ ސަބަބުން ޓޫރިޒަމް އިތުރުށް ފުޅާވެ، ޤައުމުގެ އިޤްތިސާދަށް ބޮޑެތި ފައިދާ ތަކެއް ލިބި، ޤައުމީ ތަރައްޤީ އަށް އިތުރުކުރިއެރުން ތަކެއް ލިބިގެން ދާނެއެވެ.

މި ހުށަހެޅުން ފާސްވުމާއިއެކު، ބުކުލެ ވަނީ އެޤައުމުގެ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ލާގިއޯ އަށް، އެޤައުމުގެ ޢިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ބިޓް ކޮއިން މައިން ކުރެވޭނެ ތަނެއް އުފެއްދުމަށްވެސް އަންގަވާފައެވެ.

އެޤައުމުގެ ރައްޔިތުންނަށް ބިޓް ކޮއިން ބޭނުންކުރުމަކީ އޮޕްޝަނެއް ކަމަށް ވިޔަސް، މި ޤާނޫނާއިއެކު އެޤައުމުގެ ވިޔަފާރިތަކަށް، ބިޓް ކޮއިނުން ކުރެވޭ ފައިސާގެ މުޢާމަލާތްތައް ބަލައިގަންނަން މަޖުބޫރުވާނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް