ads
ކާފިއުގެ ވަގުތު
މާލޭގައި ހަވީރު 4 އަކުން ހެނދުނު 8އަށް އޮތް ކާފިއު އުވާލައިފި
ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މާލޭ ސިޓީގައި އިއުލާންކޮށްފައިވާ "ހަރުކަށި ކާފިއު" އަށް ބަދަލު ގެނެސް ހަވީރު 16:00 އިން ހެނދުނު 08:00އޮތް ކާފިއު އުވާލައިފި އެވެ.

އެޗއީއޯސީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން އިއުލާން ކުރައްވާ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މެއި މަހުގެ 26 ވަނަ ދުވަހު އިއުލާންކުރި ކާފިއުގައިވާ ހަވީރު 16:00 އިން ހެނދުނު 08:00 އޮތް ކާފިއު އުވާލާފައިވާ ކަމަށެވެ. 

އޭގެ ބަދަލުގައި ދެން ކާފިއު އޮންނާނީ ހަވީރު 16:00 އިން ފަތިހު 04:00 ކަށެވެ. އެހެންނަމަވެސް ކަސްރަތު ކުރާ ފަރާތްތަށް ފިޔަވައި އެހެން ބޭނުންތަކަށް ބޭރަށް ދާ ފަރާތްތަކަށް އަދިވެސް ކާފިއު ނޫން ގަނޑިތަކުގައިވެސް ރެސިޑެންޝަލް ޕާމިޓް ބޭނުންވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިހާރު ހަވީރު 16:00 ހެނދުނު 08:00 މިއޮތް ކާފިއު މިބަދަލުވަނީ، ހަވީރު 16:00 ފަތިހު 04:00 ކަށް. މި ބަދާލާއިއެކު އިންޑިވިޖުއަލް އެކްސަޒައިޒަށް ހެނދުނު 08:00 ހަވީރު ހަތަރަކަށް ކަސްރަތު ކުރާ ފަރާތްތަކަށް ޕާމިޓް އާ ނުލާ ބޭރަށް ނިކުމެވޭނެ، އެހެންނަމަވެސް ހެނދުނު 08:00 ފެށިގެން ހަވީރު 16:00 އަދިވެސް މިހާރު މި ބޭނުންކުރާ ޕާމިޓާއިއެކު ކޮންމެހެން ބޭންވާ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުމެވޭނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ

ކާފިއު އިއުލާންކޮށްފައިވާ ވަގުތަށް ބަދަލުގެނެސް ހެނދުނު 08:00 އިން ހަވީރު 16:00އަށް ކަސްރަތު ކުރާ ފަރާތްތައް ފިޔަވައި އެހެން ބޭނުންތަކަށް އަދިވެސް ޕާމިޓް ބޭނުންވާނެއެވެ. އެގޮތުން ރެސްޓޮރެންޓް ތަކާއި ކެފޭތަކުން ދޭ ހިދުމަތްތައްވެސް އެވަގުތު މެދުކަނޑާލަން ޖެހޭއިރު ޓޭކްއަވޭފަދަ ބޭނުންތަކަށް މިހާރުވެސް ނަގާ ޕާމިޓް ބޭނުންވާނެއެވެ. ފިހާަރަތަކުން ވިޔަފާރިކުރުމާއި ޑެލިވަރީގެ ހިދުމަތްވެސް ދެވޭނީ ޕާމިޓް އޮވެގެންނެވެ. އަދި ސްކޫލްތައް އަދިވެސް ބަންދުވާނެ ކަމަށް ވެސް ޑރ. ނަޒްލާ  ވިދާޅުވިއެވެ. 

މިފަހަރު މިދިން ލުއިތަކުން މާބޮޑު ލުއި ދީފައި ނުވިނަމަވެސް މާލޭ ސިޓީގެ މިސްކިތްތަކަށް ޖަމާއަތް ނަހަދާ ނަމާދުކުރެވޭ ގޮތަށް ވަނީ މިސްކިތްތައް ހުޅުވާލާފައެވެ.

8%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް