ads
ޖަމާއަތް ނުހަދާ އެކަނި ކުރާ ނަމާދުތަކަށް މިސްކިތްތައް ހުޅުވާލައިފި
ޖަމާއަތް ނަހަދާ މިސްކިތްތަކަށް އަރާ އެކަނި ނަމާދުކުރެވޭގޮަތަށް މިސްކިތްތައް ހުޅުވާލައިފި އެވެ.

މުއި މަހު ކޮވިޑްގެ ހާލަތު ގޯސްވެފައިވުމާއި ގުޅިގެން އިއުލާންކުރި ކާފިއުއަށް މިއަދު ބަދަލު ގެނެސްފައިވާކަން އިއުލާން ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކާފިއު ގަނޑިއަށް އަންނަ ބަދަލުތަކާއިއެކު މިސްކިތްތަކުގައި އަޅާފައިވާ ބައެއް ފިޔަވަލުތަކަށްވެސް ބަދަލުތަކެއް ގެނެސް ލުއި ތަކެއް ދީފައިވާ ކަމަށެވެ. 

އެގޮތުން ޖަމާއަތް ނަހަދާ މިސްކިތްތަކަށް އަރާ އެކަނި ނަމާދުކުރެވޭގޮަތަށް މިސްކިތްތައް ހުޅުވާލަން ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

"ދެން ބަދަލު އަންނަ އެއް ކަމަކީ މިސްކިތްތަކަށް. ޖަމާއަތް އަދި ނުފެށުނު ކަމަށް ވިޔަސް މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްކެއްގައިވެސް އެކަނި ގޮސް ނަމާދުކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާލެވޭނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ--

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް