ads
ޑރ. ނަޒްލާ
ކޮވިޑްގެ ހުރިހާ ވޭރިއަންޓެއް ރާއްޖޭއިން ވަނީ ފެނިފައި
ދުނިޔޭގެ އެކި ހިސާބުތަކުން ފެނިފައިވާ ކޮވިޑް-19އިގެ ހުރިހާ ވޭރިއަންޓެއް ރާއްޖޭއިން ފެނިފައިވާކަން އެޗްއީއޯސީން ހާމަކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގެ ބައެއް ސާމްޕަލްތައް ތިން ފަހަރެއްގެ މަތިން ބޭރަށް ފޮނުވި ތަހްލީލްތަކެއް ހެދިފައިވާ ކަމަށެވެ. ކޮންމެ ބެޗެއްގައި ވެސް 30 ސާމްޕަލް ފޮނުވާއިރު، އެންމެ ފަހުން ފޮނުވުނު ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

އަދި އެ ސާމްޕަލްތަކުގެ ނަތީޖާތައް މީޑިއާތަކާއި ހިއްސަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ފަސް ބާވަތެއްގެ ވޭރިއަންޓް ރާއްޖެއިން ފެނިފައިވާ ކަމަށެވެ. އެއީ އަލްޕާ 20 އިންސައްތަ، ޑެލްޓާ 27 އިންސައްތަ، ސަބް ލިނީގެ 10 އިންސައްތަ، ޖީ ވޭރިއަންޓްގެ 13 އިންސައްތަ އަދި، ޖީއާރް ވޭރިއަންޓުގެ ތިން އިންސައްތަ އެވެ. މީގެ އިތުރުން ނަން ސާފުނުވާ އިތުރު އެހެން ވޭރިއަންޓްތަކުގެ ގޮތުގައި ވެސް 27 އިންސައްތަ ރާއްޖޭގައި އުޅޭކަމަށް ތަހްލީލްތަކުން ދައްކާފައިވެއެވެ. 

your imageސާމްޕަލްތަކުގެ ނަތީޖާއިން ވޭރިއަންޓުގެ އިންސައްތަ----

ނެގިފައިވާ ސާމްޕަލްތަކުގެ ތެރެއިން 20 އިންސައްތަ ސާމްޕަލަކީ ޔޫކޭގައި އެންމެ ފަހުން ފެތުރުނު އަލްފާ ވޭރިއަންޓެވެ. އަދި އެންމެ ގިނައިން ފެނިފައިވަނީ އިންޑިއާއިން ފެނުނު އެންމެ ހަލުވި ކާމާއިއެކު ފެތުރޭ އެއް ވޭރިއަންޓް ކަަމަށްވާ "ޑެލްޓާ"ވޭރިއަންޓެވެ. ސާމްޕަލްތަކުގެ 27 އިންސައްތަ އަކީ އިންޑިއާ ވޭރިއަންޓް ކަމަށްވާ މި ޑަލްޓާ ވޭރިއަންޓް ކަމަށް ދައްކައެެވެ. މީގެ އިތުރުން މީގެ ކުރިން އެންމެ ގިނައިން ފެނުނު "ޖީ" ވޭރިއަންޓްގެ އިންސައްތަ އަކީ 20 އެވެ. ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މިފަހުން ފެނުނު ދެ ވޭރިއަންޓްވެސް މިވަގުތު ރާއްޖޭގައި އުޅޭކަން ތަހްލީލްތަކުން ދައްކާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައިވާ ކަމަށާއި، ދެން ފޮނުވާއިރު ކުރިއަށް ވުރެ ގިނައިން ސާމްޕަލް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް