ads
ކޮވިޑް 19
މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 224 މީހުން
މިއަދު ރާއްޖެއިން އިތުރު 224 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަދު ރާއްޖެއިން ކޮވިޑް-19 އާ ޕޮޒިޓިވްވެފައިވަނީ ޖުމްލަ 224 މީހުން ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 111 މީހުންނާއި އަތޮޅުތެރޭން ޕޮޒިޓިވްވީ 105 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވީ އަށް މީހެކެވެ.

މިއަދު މާލޭ ސަރަހައްދުން 111 މީހުން ޕޮޒިޓިވްވެފައި ވާއިރު މިއީ އިއްޔެއާ އަޅައި ބަލާއިރު މަދު އަދަދެކެވެ. އިއްޔެ މާލޭ ސަރަހައްދުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހުރީ 125 ގައެވެ. އަދި ޖުމްލަ ރާއްޖެއިން ޕޮޒިޓިވްވީ މީހުންވެސް އިއްޔެ ގިނައެވެ. އިއްޔެ ރާއްޖެއިން ޖުމްލަ 372 މީހުން ޕޮޒިޓިވްފެފައިވާއިރު، އަތޮޅުތަކުން ޕޮޒިޓިވްވީ 215 މީހުންނެވެ.  

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 70،897 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 62،533 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތައް އުޅެނީ 8،155 ގައެވެ.

މިވަގުތު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 79 މީހަކަށެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 198 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް