ads
ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
އެއާ ޓްރެފިކް ކޮންޓްރޯލް ބޭރު ކުންފުނިތަކަށް ނުދޭ ގޮތަށް އެފްޑީއައި އިސްލާހުކޮށްފި
އެއާ ޓްރެފިކް ކޮންޓްރޯލް ދޭ މާއްދާ އުނިކޮށް، ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތައް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީ އިސްލާހުކޮށް އަލުން ގެޒެޓުކޮށްފިއެވެ.

އެފްޑީއައި އަށް ގެނައި އިސްލާހުގައި ބޭރުގެ އިންވެސްޓަރުންނަށް އެއާ ޓްރެފިކް ކޮންޓްރޯލް ދެވޭ ގޮތަށް އޮތުމުން ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަންބޮޑުވުންތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއްގައި އެއާ ޓްރެފިކް އޮޕަރޭޝަން ހިންގުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށާއި އެފްޑީއައިގައި އެކަން އޮޅުން އަރާގޮތަށް އޮތުމުން އިސްލާހުގެ އިބާރާތް ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެފްޑީއައި ޕޮލިސީ ރޭ އަލުން ގެޒެޓުކޮށްފައިވާއިރު، 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ވައިގެ ހިދުމަތް ދެވޭ ކަމަށް ބުނެފައިވާއިރު، އޭގެތެރެއިން ދިވެހި ސަރުކާރުން ދޭ ހިދުމަތްތައް އުނިވާނެ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން އެއާ ޓްރެފިކް ކޮންޓްރޯލް ސާވިސްތަކާއި ކަސްޓަމްސްއާއި އިމިގްރޭޝަންގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ހިމެނެއެވެ.

އެފްޑީއައި ޕޮލިސީގައި ބުނެފައިވާ ގޮތުގައި އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.

އަދި ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

އެފްޑީއައި ޕޮލިސީގައި ކުރީގައި އޮންނަ ގޮތުން ނަމަ 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭނެއެވެ. ކުރީގައި ގަވާއިދުގައި ވާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަސް އަހަރުގެ މުއްދަތަށެވެ. ނަމަވެސް އެފްޑީއައި ޕޮލިސީއަށް ގެނައި އިސްލާހުގައި ވާގޮތުން އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. 

ސައްތައިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ކުރެވޭގޮތް ހަދާފައި މިވަނީ ހަނިމާދޫގައި ތަރައްގީކުރާ އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް