ads
ފޮޓޯ: ޓްރާސްޕޯޓް މިނިސްޓްރީ-- ސެލްފް ކަލެކްޝަން ސްޓޭޝަންއިން
ލައިސަންސް އާ ކޮށްދިނުން އަންނަ ހަފްތާގައި ފަށަނީ
ކޮވިޑް-19އާއި ގުޅިގެން މެދުކަނޑާލާފައިއޮތް ލައިސަންސް އާ ކޮށްދިނުމުގެ ހިދުމަތް އަންނަ ހަފްތާގައި ފަށަން ނިންމައިފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ، ލައިސަންސް އާ ކޮށްދިނުމުގެ ހިދުމަތް އަލުން ފަށަން ނިންމާފައިވަނީ މިމަހުގެ ޖޫން 20 ވާ އާދިއްތަ ދުވަހު ކަމަށެވެ. 

ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ ހިދުމަތްތަކުގެ ތެރެއިން އަލުން ހިދުމަތްތައް ފަށަން ނިންމާފައިވަނީ، ލައިސަންސް އާ ކޮށްދިނުމުގެ އިތުރުން، ދެ ފުރޮޅުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަން ހެދުމުގެ ހިދުމަތާއި، މެރިޓައިމްގެ ބައެއް ހިދުމަތްތައް ކަމަށް މިނިސްޓްރީން ބުނެއެވެ. 

އެ އޮތޯރަޓީން ދެމުންދިޔަ ލައިސަންސް އާ ކޮށްދިނުމުގެ ހިދުމަތް މެދުކަނޑާލާފައިވަނީ ކޮވިޑް-19އާއި ގުޅިގެން މާލޭ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ބަންދުކޮށް ހިދުމަތްތައް އޮންލައިން ކުރުމާއި ގުޅިގެންނެވެ. ކޮވިޑާއި ގުޅިގެން ހިދުމަތްތައް ދިނުން އޮންލައިން ކުރުމާއި ގުޅިގެން ކުރިމަތިިވަމުން ދިޔަ ދަތިތަކަށް ހައްުލު ހޯދުމަށް މުއްދަތު ހަމަވާ ލައިސެންސްތައް އަންނަ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭ ގޮތަށްް ވެސް ވަނީ ހަދާފައެވެ. 

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރަމުންދާ  ލައިސަންސް ކާޑާއި، ރަޖިސްޓަރީތައް މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ދޫކުރަމުންގެންދާ ގޮތަށް ނިންމާފައިވަނީ އެއޮފީހުގެ ދެވަނަ ފަންގިފިލާގައި ބަހައްޓާފައިވާ ސެލްފް ކަލެކްޝަން ސްޓޭޝަނުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް