ads
ދެ ފުލުހަކު މަގުމަތި ބަލަހައްޓަނީ:--
ނަކަލް ކޮށްގެން ފާސް ގެންގުޅޭ މައްސަލަ ބަލަން ނިންމައިފި
މޯލްޑިވެސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސްތައް ނަކަލް ކޮށްގެން ސައްހަނޫން ފާސް ބޭނުންކުރަމުންދާ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުމަށް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

ކާފިއު ނޫން ގަޑިތަކުގައިވެސް ރެޒިޑެންޓަލް ޕާމިޓެއް ނެތި ބޭރުގައި އުޅުން މަނާކޮށް، މާލެ ސަރަހައްދުގެ ކާފިއު ގަޑިތަކަށް ސަރުކާރުން ވަނީ މިމަހުގެ 24ވަނަ ދުވަހު ބަދަލު ގެނެސްފައެެވެ. އެގޮތުން ހަރުކަށި ކާފިއުއެއް އިއުލާންކޮށް ހަވީރު 16:00 އިން ފަތިހު 04:00 ވަނީ ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. އަދި އެނޫން ގަޑިތަކުގައިވެސް ބޭރަށް ނިކުންނަ އިރު ރެޒިޑެންޓަލް ޕާމިޓެއް އޮންނަން ޖެހޭނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ކާފިއު ނޫން ގަޑީގައިވެސް ބޭރަށް ނިކުންނަ އިރު ކޮންމެ ގޭބީސީއަކަށް ވެސް ދެ ފާހެއް ދޫކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. 

އެހެންނަމަވެސް ނޫސްވެރިންނަށް ވަނީ މި ހާލަތުގައި ވެސް ބޭރުގައި އުޅުމަށް "ސްޕެޝަލް ޕާސް"ގެ ނަމަުގައި މީޑިއާ ކައުންސިލުން ފާސްތަކެއް ދޫކޮށްފައެވެ. މި ފާސްތައް ބޭނުންކޮށްގެން ނޫސްވެރިންނަށް އިތުރު ޕާމިޓަކާއި ނުލާ ކާފިއު ވަގުތުތަކުގައިވެސް ބޭރުގައި އުޅެވޭނެއެވެ. އެހެންނަމަވެސް ނޫސްވެރިންގެ ނަމުގައި ނަކަލް ކޮށްފައިވާ ސައްހަ ނޫން ފާސްތަކެއް މިފަހުން ބައެއް މީހުން ދަނީ ބޭނުންކުރަމުންނެވެ. 

މިމަހުގެ 11ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައިވެސް ނޫސްވެރިންގެ ފޭކު ފާސްތަކެއް އަޅައިގެން ތިބި ބަޔަކު ހުޅުމާލޭގެ، ގަރާޖެއްގައި ހުރި ޓެކްނީޝަނަކަށް ހަމަލާދީ މާރާމާރީ ވަނީ ހިންގާފައެވެ. އެކަމާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މީޑިއާ ކައުންސިލުން ވަނީ އެފަދަ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ކުށްވެރިކުރާކަމަށް ބުނެފައެވެ. އަދި އެކަން ހައްލުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އެގޮތުން މިހާރު ބޭނުންކުރާ ފާސްތަކުގެ ބަދަލުގައި ސެކިއުރިޓީ ފީޗާސް ހިމެނޭ ފާސްތަކެއް ކުރިއަށް އޮތް ތާގައި ދޫކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައިވެއެވެ.  

އެއަށްފަހު މީޑިއާ ކައުންސިލްގެ 2021ވަނަ އަހަރުގެ 26ވަނަ ޖަލްސާއިން ނިންމި ނިންމި ނިންމުންތައް ހާމަކުރަމުން މިއަދު ބުނެފައިވަނީ، އެކައުންސިލުން ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސްތައް ނަކަލް ކޮށްގެން ސައްހަނޫން ފާސް ބޭނުންކުރަމުންދާ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި ބޭރުގައި އުޅުމަށް ނޫސްވެރިންނަަށް މީޑިއާ ކައުންސިލުން ދޫކޮށްފައިވާ "ސްޕެޝަލް ޕާސް" ޕްރިންޓް ކޮށްގެން ބޭނުން ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ. ސީއެންއެމްއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމްއެމްސީން ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސް ޕްރިންޓުކޮށްގެން އެހެން ފަރާތްތަކުންވެސް ބޭނުން ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުުމުން އެކަން ބަލަމުންދާ ކަމަށާއި، ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސް ނޫސްވެރިން ފިޔަވައި އެހެން ފަރާތްތަކުން ބޭނުންކުރާނަަަމަ އެކަން ދެނެގަނެވޭނެ އިންތިޒާމް ފުލުހުންގެ ތެރޭގައި ގާއިމުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް