ads
މީހުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެެރެއިން--
ޖިންސީ ގޯނާ ކުރި ޓީޗަރު އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފި
ޓީޗަރު ހައްޔަރެއް ނުކުރޭ: ފުލުހުން
އުތުރު ރަށެއްގައި ސުކޫލު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ޓީޗަރު ސަސްޕެންޑުކޮށްފިއެވެ. އޭނާ ސަސްޕެންޑު ކޮށްފައި ވަނީ އެއްމަސްދުވަހަށެވެ.

އިތުބާރުހުރި މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅި ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި މިހާތަނަށް ބެލި ބެލުމުން އޭނާގެ ސަބަބުން އިތުރު ކުދިންތަކެއްވެސް ޖިންސީ ހާނީއްކައަށް ހުށަހެޅިފައިވާ ކަމަށް ބެެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.  

މިކަމާ ގުޅިގެން ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބުދެމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ ގަވައިދުގައިވާ ގޮތުން އެ ޓީޗަރު އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ދަނީ ޖެންޑާ މިނިސްްޓްރީންނާއި ފުލުހުން ތަހުގީގުކުރަމުން ކަމަށާއި އެހެންނަމަަވެސް އަދި މިހާތަނަށް އެކަމުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. 

ސީއެންއެމްއަށް އެ ހާދިސާ ހިނގި ރަށުން ވަރަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި،  އެ އަމަލު ހިނގާފައިވަނީ އުމުރުން 25 އަހަރުގެ އަންހެން ޓިޗަރަކާއި އޭނާ ކިޔަވައިދޭ 16 އަހަރުގެ ފިރިހެން ކުއްޖަކާއި ދެމެދުއެވެ. 

އެ ހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައެވެ. މިކަމުގައި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރަކުވެސް ޝާމިލް ވާތީ އެ ކުއްޖާގެ ރަށް ހާމަކޮށްފައެއް ނުވާނެއެވެ. ކުޑަކުދިންނާއި ބެހޭ ގާނޫނުގައި ކުޑަކުދިންގެ ރައްކާތެރިކަަމަށް އެކުދިންގެ އަތޮޅާއި ރަށް އަދި ޒާތީ މައުލޫމާތުތައް ހާމަކުރުމަކީ ކުށަކަށް ވާތީ އެ މައުލޫމާތުތައް މި ލިޔުމުގައި ހިއްސާކޮށްފައި ނުވަނީއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް