ads
ފޮޓޯ--ވިޒިޓް މޯލްޑިވްސް
އެމްއެމްޕީއާރުސީއާއި ނެޝަނަލް ޖިއޮގްރަފިކް ގުޅިގެން ފޮޓޯމައުރަޒެއް ރަޝިޔާގައި ބާއްވަނީ
އެމްއެމްޕީއާރުސީގެ، ވިޒިޓް މޯލްޑިވްސް އާއި ނެޝެނަލް ޖިއޯގްރަފިކްގެ ރަޝިޔާގެ ފަރާތުން ރާއްޖޭގެ ފޮޓޯ މައުރަޒެއް ރަޝިޔާގައި ބާއްވަން ހަމަޖައްސައިފިޔެވެ.

މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގެ ގިނަ އަދަދެއްގެ އާންމުން ހިނގާ ބިގާވެ އުޅޭ ބޮޑު މަގެއްގައްޔާއި ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒް ކުރިއަށްދާނީ ކިރޯވް ސެންޓްރަލް ޕާކް ގައެވެ. 

މިކަމުގެ ސަބަބުން އެތައް މިލިއަން ފަރާތެއް މި މައުރަޒަށް ޒިޔާރަތް ކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ލަފާކުރެއެވެ.  

މިމައުރަޒުގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ރާއްޖޭގެ ނަލަނަލަ ތިމާވެށީގެ މަންޒަރާއި ސަގާފީ ހަރަކާތްތަކުގެ ފޮޓޯ ދައްކާލެވޭނެއެވެ. އަދި މީގެ އިތުރުން މި ފޮޓޯ ތަކުން ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓްކަމުގައިވާ ރިސޯޓް , ގެސްޓްހައުސް , ލިވަބޯޑް , ހޮޓެލްގެ އިތުރުން ރާއްޖެއިން ކުރެވޭ ހާއްސަ ތަފާތު ތަޖުރިބާތައް  މައުރަޒުގައި ފެންނާނެކަމަށް ވިސިޓް މޯލްޑިވްސް އިން ވިދާޅުވެފައިވެއެވެ. މި ތަފާތު ތަޖުރިބާތަކުގެ ތެރޭގައި ފެހުރިހި ބެލުމަށް ފީނުން , ސީޕްލޭން ގައި ދަތުރުކުރުން , އަދި ރާޅާއެޅުން ހިމެނޭ ގޮތަށް މި ފޮޓޯ ދައްކާލެވޭނެއެވެ. އަދި ދިވެހިރާއްޖެ އަކީ ގަދުރަތީ ގޮތުން ވަކި ރަށްތަކެއް ގޮތުގައި އުފެދިފައިވާ ޖަޒީރާ ގައުމެއްކަމާއި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި މި މައުރަޒުން ފެންނާނެއެވެ.

އަދި މިމައުރަޒުގެ އިތުރުން އެހެނިހެން ކަން ކަން ވަނީ ހިންގަންހަމަޖެހިފައެވެ. އޭގެތެރޭގައި ނެޝަނަލް ޖިއޮގްރަފިކް ރަޝިޔާ ވެބްސައިޓް, ސޯޝަލް މީޑިއާ ގައި ރާއްޖޭގެ ފޮޓޯ ޝާާއިއު ކޮއްފައި ހުއްނާނެއެވެ. މީގެ އިތުރުން ރާއްޖެ ޕްރޮމޯޓު ކުރުމަށް ޓަކައި 3 އާޓިކަލެއް ވަނީ ލިޔުމަށް ހަމަޖެހިފައެވެ. މި އާޓިކަލްތައް ގިނަ އަދަދެއްގެ ބައެއް ބޭނުންކުރަމުން އަންނަ ބޮޑެތި ޕްލެޓްފޯމްތަކުގައި ޝާއިއު ކުރެވޭނެއެވެ. މިކަމުގެ ސަބަބުން 5 މިލިއަން މީހުންނަށް މި ހަބަރުތައް ފޯރާނެކަމަށް ލަފާކޮއްފައިވެއެވެ. 

ރަޝިޔާގެ މާކެޓުގައި މިއަރު އެކަނިވެސް ރާއްޖެ އިސްތިހާރުކުރުމަށް ޓަކައި ވިސިޓް މޯލްޑިވްސްގެ ފަރާތުން ވަނީ ގިނަ ކާމިޔާބު ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް