ads
ފުލުހުން ޕިކަޕެއް ހިފަހައްޓަނީ: ފައިލް ފޮޓޯ ސަން
އަޑުގަދަކުރަމުން ދުއްވި ޕިކަޕެއް ހިފަހައްޓައިފި
އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އަޑުގަދަކުރަމުން ދުއްވި ޕިކަޕެއް މިއަދު މާލެއިން ހިފަހައްޓައިފިއެވެ.
އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އަޑުގަދަކުރަމުން ދުއްވި ޕިކަޕެއް މިއަދު މާލެއިން ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު އަޑުގަދަކުރާ ބޭނުންކޮށްގެން ދުއްވަމުން ދިޔަ ޕިކަޕް ފުލުން ހިފެހެއްޓީ 17:29 ހާއިރު ކަމަށެވެ.

ފުލުހުން ވަނީ އެމީހާ ހިފެހެއްޓުމަށްފަހު ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައެވެ. ޕިކަޕު ދުއްވި މީހާ އަތުގާ ލައިސަންސު އޮންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުރިހާ ރައްޔިތުންވެސް އެއްވެ އުޅުމުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ފުލުހުން ހިފެހެއްޓި ޕިކަޕުގެ މައުލޫމާތު އާންމު ނުކުރި ނަމަވެސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި 'އަންނަނީ އަންނީ' ޖަލްސާގައި ވާހަދެއްކެވި ބައެއް ބޭފުޅުން ވަނީ ރާއްޖޭގައި ސިލްސިލާކޮށް މުޒާހަރާތަކެއް ބޭއްވުމަށް ގަސްތުކުރާކަމަށް ވިދާޅުވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް