ads
ރާއްޖެއަށް ފަތުރުވެރިން އައުން--
އެމްއެމްޕީއާރްސީން ރާއްޖެ އިސްތިހާކުރުމަށް ގިނަހަރަކާތްތަކެއް
ކޮވިޑް 19 ގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ދިވެހިރާއްޖޭ ގެ ޓުއަރިޒަމް އަލުން ފަށައިގަތުމަށް އެމްއެމްޕީއާރްސީން ދުނިޔޭ ގެ އެކި ގައުމުތަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ.

އެ ގޮތުން މިމަހުގެ 17 ވަނަ ދުވަހު ވަނީ ޤަތަރު އެއާވޭސް އާއި ގުޅިގެން ސްވިސް މާކެޓަށް އަމާޒުކޮންގެން ވެބިނާއެއް މިކުންފުންނިން ބާއްވާފައެވެ. މި ވެބިނާ ގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ އެކި މައުލޫމާތުވަނީ މި ވެބިނާ ގައި ބައިވެރިވި 50 ޓްރެވަލް އެޖެންޓުންނައް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ކޮވިޑް 19 އިން ރައްކާތެރި ވުމަށް އެޅިފައިވާ ފިޔަވަޅުތަކާއި މި ދަނޑިވަޅުގައި ރާއްޖެ އަށް ދަތުރުކުރާ އިރު ސަމާލުވާންޖެހޭ ކަންތައްތަކުގެ މައުލޫމާތު ވަނީ ވެބިނާ ގެ ބައިވެރިންނާއި ހިއްސާ ކޮށްފައެވެ. މި ވެބިނާ ނިންމާލުމުގެ ކުރިން ވަނީ ރެފަލްއެއް ބާއްވާ ގުރުއަތުން ހޮވުނު 5 ފަރާތަކަށް ކޯރާ ކޯރާ މޯލްޑިވްސްގައި ދުވަހުގެ ޗުއްޓީ އެއްވެސް ވަނީ ހަދިޔާ ކޮށްފައެވެ. ސްވިސް މާކެޓްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުއެއް މާކެޓެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާތަަނަށް 457747  ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައިއެވެ. 

މީގެ އިތުރުން އެމެރިކަން ސޮސައިޓީ އޮފް ޓްރެވެލް އެންޑް އެޑްވައިޒާސް (އަސްޓާ) އާއި ގުޅިގެން ޖޮއިންޓް ވެބިނައެއް ބާއްވައިފައިވެއެވެ. މި މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ވެބިނާގެ މަގުސަދަކަށް ވެގެން ދިޔައީ އެމެރިކާގެ ޓްރެވަލް އެޖެންޓުންނައް ދިވެހި ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ދިނުމާއި ދިވެހި ޕްރޮޑަކްޓްތަކާއި ލިބެން ހުންނަ ހާއްސަ ތަޖުރިބާތަކަށް އެޖެންޓުން ތަމްރީނުކޮށް އެމެރިކާ ގެ މާކެޓުގައި ދިވެހިރާއްޖެއަކީ ދަތުރުކުރަން އެެންމެ ރައްކާތެރި އެއްމަންޒިލްގެ ގޮތުގައި އިސްތިހާރުކުރުމެވެ. މީގެ އިތުރުން އެއްގަޑިއިރަށް ކުރިޔަށް ދިޔަ މި ވެބިނާގައި ވޯލްޑް ޓްރެވަލް އެންޑް ޓުއަރިޒަމް ކައުންސިލުން ދިވެހި ރާއްޖެއަށް "ސޭފް ޓްރެވަލް ސްޓޭމްޕް" ދީފައިވާ ކަމުގެ މައްޗަށާއި އެއާޕޯޓް ކައުންސިލް  އިންޓަނޭޝަނަލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް "އެއާޕޯޓް ހެލްތް އެކްރެޑިޓޭޝަން" ދީފައިވާކަމުގެ މައްޗަށް އަލި އަޅުވާލާފައިވެއެވެ. މީގެ އިތުރުން "އައި އެމް ވެކްސިނޭޓެޑް" ކެމްޕޭނާއި ބެހޭ އިތުރު މައުލޫމާތު ވަނީ މި ވެބިނާގައި ދެވިފައިއެވެ. މި ޖޫންމަހުގެ ނިޔަލަށް އެމެރިކާ ގެ 15914 ފަތުރުވެރިންވަނީ ރާއްޖެ ޒިޔާރަތް ކޮށްފައިއެެވެ. މި މާކެޓުގެ 5 ނޫސްވެރިން ވިޒިޓް މޯލްޑިވްސް ގެ ފެމިލިއަރައިޒޭޝަން ޓްރިޕްއެއްގައި ރާއްޖެވަނީ ޒިޔާރަތްކޮށްފައިއެެވެ. 

ވިޒިޓް މޯލްޑިވްސް އިން ވަނީ ދެކުނު ކޮރެއާގައިވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގާފަވެއެވެ. މި ގޮތުން ވެބިނާއަކާއި ވާޗުއަލް ރޯޑް ޝޯއެއް ބާއްވަފައިވެއެވެ. މިދެ އިވެންޓުގެ މަގްސަދަކަށްވެގެން ގޮސްފައިވަނީ ދެކުނު ކޮރެއާގެ ޓްރެވަލް ޓްރޭޑަށް ދިވެހިރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި މާހައުލެއްކަމަށް އަންގައި ދިނުމުގެ އިތުރުން ކޮވިޑް އާއި ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ދިނުމެެވެ. މީގެ އިތުރުން މި މާކެޓަށް އަމާޒުކޮށް ޑިޖިޓަލް މީޑިޔާ ކެމްޕޭނެއް ފަށާފައިވާއިރު، މި ކެމްޕޭން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ދެކުނު ކޮރެއާގެ މަޝްހޫރު ޑިޖިޓަލް ޕްލެޓްފޯމްތަކެއް ކަމުގައިވާ ފޭސްބުކް، އިންސްޓާގުރާމް، ކަކާއޯ ޓޯކް އަދި ނޭވާގައެެވެ.  ދިވެހިރާއްޖޭ ގެ ބްރޭންޑް ވިޒިބިލިޓީ އިތުރު ކުރުމަށް 6 މަހުގެ ކެމްޕޭނެއް ވަނީ މިއަހަރު ފަށާފައެެވެ. މި 6 މަސްތެރޭގައި ދެކުނު ކޮރެއާގެ ކެޕިޓަލް ސޯލް ގެ އަވަށެއް ކަމުގައިވާ ގަންގްނަމް ގައި ގިނަ ބަޔަކު  ޒިޔާރަތްކުރާ ކޮއެކްސް އަދި ބޮޑެތި ސަބްވޭތަކުގައި ދިވެހިރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯއާއި ވީޑިޔޯ އިސްތިހާރުކުރަން ހަމަޖެހިފައިވެއެވެ. މިކަންކަމުގެ އިތުރުން މިއަހަރު ދެކުނު ކޮރެޔާގެ މީޑިޔާ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕްސް ހިންގަންވަނީ ހަމަޖެހިފައިއެވެ. ދެކުނު ކޮރެޔާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ އެއް މާކެޓެވެ.

އިންޓަނޭސިނަލް މީޑިއާ މާކެޓްޕްލޭސް ވާޗުއަލް އޭޝިއާ 2021 ފެށުމުގެ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިޒިޓް މޯލްޑިވްސް ގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވަނީ  ވާހަަކަ ދައްކަވާފައިއެވެ. އޭނާ ވާހަކަ ފުޅުދެއްކެވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރިކަވަރީ ސްރެޓަޖީ އާއި މުހިއްމު މާކެޓްތަކަށް އައިސްފައިވާ ބަދަލުތަކާއި ވިޒިޓް މޯލްޑިވްސް އިން ކުރިޔަށް ގެން ގޮސްފައިވާ މާކެޓިން ހަރަކާތްތަކާއި ރާއްޖޭ ގެ ފަތުރުވެރިކަމުގެ މުސްތަގުބަލާއި މެދުއެވެ. އައި.އެމް.އެމް  ވާޗުއަލް އޭޝިއާ 2021 ކުރިއަށް  ގޮސްފައިވަނީމި މަހުގެ 16 އިން 17 ވަނަ ދުވަހާއި ހަމައަށެވެ. މި އިވެންޓުގެ ސަބަބުން  ދުނިޔޭގެ މީޑިޔާތަކާއި ބައްދަލުކޮށްރާއްޖޭ ގެ މިހާރުގެ ހާލަަތާއި ބެހޭ އިތުރު ތަފްސީލު ދިނުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ތަނަވަސްވެއެވެ.

މީގެ އިތުރުން އެތައްކަމެއް، ވިޒިޓް މޯލްޑިވްސްއާއި އެމް.އެމް.ޕީ.އާރް.ސީ އިން ކުރިޔަށްގެންދަން ވަނީ ރާވާފައިއެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް