ads
ހިރިގާ ޒާހިރު——
އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސް އަކަށް ހިރިގާ ޒާހިރު
ރާއްޖޭގައި މަސައްކަތް ކުރާ އެންމެ ފުންނާބުއުސް އެޑިޓަރުން ހިމެނޭ "އެޑިޓާސް ގިލްޑް"ގެ ފުރަތަމަ ރައީސް އަކަށް ސަން އޮންލައިންގެ ކުރީގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު(ހިރިގާ) އިންތިހާބު ވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ އެޑިޓާސް ގިލްޑްގެ ހިންގާ ކޮމެޓީގެ އިންތިހާބު ކުރުމުގެ ޖަލްސާގައި އެ ކޮމެޓީގެ ހަތް މަގާމަކަށް ތިން އަހަރު ދުވަހުގެ މުއްދަތައް ބޭފުޅުންވަނީ އައްޔަންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރައީސް ކަމުގެ މަގާމާއި، އިދާރީ ނައިބު ރައީސް، އެކަޑަމިކް ނައިބު ރައީސް، ސެކެރެޓަރީ ޖެނެރަލް، ޓްރެޝަރާ، ރިޓަޔާޑް ނޫސްވެރިން ތަމްސީލު ކުރައްވާ ދެ ނޫސްވެރިންނެވެ. 

މަގާމުތަކަށް ހޮވިފައިވާ ގޮތް:

  • ރައީސް (ސަން އޮންލައިންގެ ކުރީގެ ޗީފް އެޑިޓަރު ރިޓަޔާޑް އަހުމަދު ޒާހިރު(ހިރިގާ)
  • އިދާރީ ނައިބު ރައީސް ( ވަން އޮންލައިންގެ ސީނިއާ އެޑިޓަރު ސިނާން އަލީ)
  • އެކަޑަމިކް ނައިބު ރައީސް (ދަ ޕްރެސް އޮންލައިންގެ ގެ އެޑިޓަރު އަލީ ޝަމްއާން)
  • ސެކެރެޓަރީ ޖެނެރަލް (މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރު)
  • ޓްރެޝަރާ (ރަސް އޮންލައިންގެ އެޑިޓަރު މިދުހަތު އާދަމް)
  • ރިޓަޔާޑް ނޫސްވެރިން ތަމްސީލު ކުރެއްވުމަށް ( ވީޓީވީ އަދި ޓީވީމްގެ ސީއީއޯކަން ކުރައްވާފައިވާ ރިޓަޔާޑް މުހައްމަދު އާސިފް(މުންދު)
  • ރިޓަޔާޑް ނޫސްވެރިން ތަމްސީލު ކުރެއްވުމަށް ( ދިވެހިރާއްޖޭގެ އަޑު، ޗެނަލް13 އަދި އަވަސްގެ ސީއީއޯކަން ކުރައްވާފައިވާ ރިޓަޔާޑް އިބްރާހީމް އުމަރު މަނިކު)

މިއަދު ކުރިއަށްދިޔަ އެޑިޓާސް ގިލްޑްގެ ހިންގާ ކޮމެޓީގެ އިންތިހާބު ކުރުމުގެ ޖަލްސާއަށްފަހު "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން އެ ކޮމެޓީގެ އެކަޑަމިކް ނައިބު ރައީސްއަަކަށް އިންތިހާބުވެވަޑައިގެން އަލީ ޝަމްއާން ވިދާޅުވީ، އެ ކޮމެޓީގެ ހިންގާ ގަވާއިދުގައި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިކަމާއި ގުޅުންހުރި އެކިއެކި ކަންކަން ކުރުން ހިމެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނޫސްވެރިންގެ ހައްގުތަކަށް އަޑުއުފުލުމާއި، ވަކާލާތު ކުރުމުގެ އިތުރުން ނޫސްވެރިން ތަމްސީލުކުރުމާއި ބިނާކުރުމުގެ ދާއިރާގައި ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް