ads
ބޭންކް އޮފް މޯލްޑިވްސް އެޕަށް ބަދަލު ގެނެސްފި
ބީއެމްއެލް މޯބައިލް އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް
ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު ފޯރުކޮށްދިނުމަށް އުފައްދާފައިވާ މޮބައިލް ބޭންކިން އެޕްލިކޭޝަނަށް ބޮޑެތިބަދަލުތަކެއް ގެނެސް އިތުރު ފީޗާސްތަކާ އެކު ތައާރަފްކޮށްފިއެވެ.

އެޕްގައި ހިމެނޭ އާ ފީޗާސް ތަކުގެ ތެރޭގައި "ކުއިކް ޕޭ" ކޮންޓެކްޓެއް ގެ ގޮތުގައި ނުހިމެނޭ ފަރާތްތަކަށް ފަސޭހަކަމާއި އެކު ފައިސާ ޓްރާންސްފާ ކުރުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓުގެ ވެރިފަރާތް ޔަގީން ކުރެވޭނެއެވެ. ކުރިން ކޮށްފައިވާ މުއާމަލާތުގެ ރަސީދު ފަސޭހަކަމާއިއެކު ލިބުމާއި ޕާސަނަލް އެކައުންޓާއި ޖޮއިންޓް އެކައުންޓްގެ އިތުރުން ބިޒްނަސް އެކައުންޓްސްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޑޭޓް ކުރެމާއި  ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ލިބުމުން ނޮޓިފިކޭޝަން ލިބުން ހިމެނޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ. 

"ކަސްޓަމަރުންނައް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އައު އެޕްލިކޭޝަން މިއަދު ތައާރަފު ކުރެވެގެންދިޔުމަކީ އަޅުގަނޑުމެންނައް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިއީ ރާއްޖޭ ގެ އެކި ކަންކޮޅުތަކުގައިވާ ކަސްޓަމަރުނައް ރަނގަޅު ހިދުމަތެއް ފޮރުކޮށްދިނުމަށް ޓެކްލޮޖީ އަށް ކުރަމުން ދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް މި އެޕްލިކޭޝަން ގައި އިންޓަނެޓް  ބޭންކިން  ޕެލެޓްފޯމް މެދުވެރިކޮށް ލިބެމުންދިޔަ ހިދުމަތްތައް ލިބިގެންދާނެ އަދި ކުރިޔަށް އޮތް ހަފްތާ ތެރޭގައި މި އެޕލިކޭޝަން އަށް އިތުރު ފީޗާސް ތައާރަފު ކުރެވޭނެ" ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަބުނެއެވެ. 

2015 ވަނަ އަހަރު ބީއެމްއެލް އިން ވަނީ މުޅި ރާއްޖެއަށް މޯބައިލް ބޭކިން ތައާރަފުކޮށްފައެވެ. ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އޮންލައިން ބޭންކިންގް އަށް ރަޖިސްޓްރީ ކޮށްފައިވެއެވެ. 

އެޕް ސްޓޯ އަދި ގޫގުލް ޕްލޭއިން މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް