ads
ދިރާގު އެޕްލިކޭޝަން އިން ކޮންމެތާކު ހުރެވެސް ސްޓްރީމުކުރެވޭ
ޕޯޗުގަލް އާއި ޖަރުމަނީގެ މެޗަށް ދިރާގުން ޙާއްސަ ޕްރޮމޯޝަންއެއް ކުރިޔަށް ގެންދަނީ
ޔޫރޯ 2020 ގެ ފޯރިގަދަވެގެން ދާނެ ޕޯޗުގަލްއާއި ޖަރުމަނީގެ މެޗް ސްޓްރީމް ކޮށްލަން ދިރާގުގެ ޕްރީޕެއިޑް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން އިތުރު %50 ޑާޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ނެރުން ނޫސް ބަޔާނުގައި ވާގޮތުގައި މޯބައިލް ފޯނުން ސްޓްރީމްކުރުން ގިނަވެފައިވާ މި ދަނޑިވަޅުގައި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗްތައް ފޯނުމެދުވެރިކޮށް ސްޓްރީމްކޮށްގެން ބަލާލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކުރުމަށްފަހު"ސްޓްރީމިން ޕާކްސް" ހިޔާރު ކުރެއްވުމުން 1 ޖީބީ ޑާޓާ ހިލޭ ސްޓްރީމް ކޮށްލަން ލިބޭނެއެވެ. ދިރާގު ޕްލޭ އެޕުން މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތަކެއްވެސް ލިބޭނެއެވެ. މަހަކު 65 ރުފިޔާ (ޖީއެސްޓީ ނުލާ)ދައްކައިގެން ދިރާގު ޕްލޭ އެޕް ބޭނުންކުރެވޭނެއެވެ.

ދިރާގުގެ ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ވޮއިސް، އެސްއެމްއެސް އަދި ޑާޓާ އެކްޓިވޭޓް ކުރެވޭނެއެވެ. މި ޕްކޭޖްތައް އެކްޓިވޭޓް ކުރުމުން އިތުރު ހިލޭ "ޕާކްސް" ވެސް ލިބޭނެއެވެ. މި ޕާކްސް ގެ ސަބަބުން ކަސްޓަމަރުން ޗެޓް، ސޯޝަލް މީޑިޔާ އަދި ސްޓްރީމިން އަށް ވަކިން އެޑް އޮންސް އެކްޓިވޭޓްކުރާކަށް ނުޖެހޭނެއެވެ

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250 ރުފިޔާއިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ. މި ޕެކޭޖް ދިރާގު މޯބައިލް އެޕް ނުވަތަ ބޭނުންވާ ޕެކޭޖް ގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ކުރުމުން އެޕެކޭޖެއް އެކްޓިވޭޓް ކޮށްލެވޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް