ads
އިމްރާން 241 ކޮމިޓީގައި---
މިނިސްޓަރު އިމްރާނު 241 ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ހަދަމުންދާ ޕާލިމަންޓްރީ އިންކުއަރީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށްފިއެވެ.

ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއައިރީއަށް މިނިސްޓަރު އިމްރާން ހާޒިރުކޮށް މިއަދު ވަނީ ސުވާލު ކޮށްފައެވެ.

ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިނިސްޓަރު އިމްރާން 241 ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު މި މައްސަލައިގައި މީގެ ކުރިން ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު ފަރީދު އިސްމާއީލްވެސް އިންކުއަރީއަށް ހާޒިރުކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑުންވެސް އެ އިންކުއަރީއަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ ހާޒިރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް ރައީސް ސޯލިހު އިސްވެ ހުންނަވައިގެން ހުރަސް އަޅުއްވާކަމަށް ރައީސް ނަޝީދު ތުހުމަތުކުރައްވާފައިވީ ނަމަވެސް ރައީސް ސޯލިހު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅާ ކަމަށް 241 ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވެސް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް