ads
ދިވެހި ރުފިޔާތަކެއް--- މަކަރާ ހީލަތުން ފައިސާ ހޯދާ މީހުންނަށް ސަމާލުވޭ--
ކޮވިޑު ތެރޭގައި މަކަރާ ހޯލަތުން ފައިސާ ހޯދުން އިތުރުވެއްޖެ
ކޮވިޑް 19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި މީހުންގެ އަތުން މަކަރާ ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން 16 ގެ ނިޔަލަށް އެކި މީހުންގެ އަތުން 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން ވަނީ އަތުލާފަ އެވެ.

ފުލުހުން ރިޕޯޓްކޮށްފައިވާގޮތުގައި 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް އެނގެ އެވެ.

މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކާ އެވެ. އަދި އެގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގަ އާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމުގައި ފުލުހުން ބުނެ އެވެ. 

އޭގެ އިތުރުން، މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން އައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަކަން ފާހަގަކުރެވޭ ކަމަށާއި އެހެންނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައިކަން ފުލުހުން ބުންޏެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް