ads
ސަރުކާރުގެ އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ވެލާނާ ބިލްޑިން
އެމްއެންއެސްޑީއޭގެ ލޯގޯ ފަރުމާކުރުމަށް 15000ރުފިޔާގެ މުބާރާތެއް
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮފްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ލޯގޯ ފަރުމާކޮށްގެން 15000ރުފިޔާ ލިބޭ މުބާރާތެއް ހުޅުވާލައިފިއެވެ.

އެމްއެންއެސްޑީއޭ އިން ބުނީ ލޯގޯ ފަރުމާކޮށް ހުށައެޅުމުގެ ފަހު ތާރީހަކީ މި މަހުގެ 27 ވަނަ ދުވަހުގެ 13:00 ކަމަށެވެ. ފަރުމާކޮށްފައިވާ ލޯގޯ ހުށައަޅާނީ ކުލަ އަދި ބްލެކް އެންޑް ވައިޓް ސޮފްޓްކޮޕީ ކަމަށާއި ސުންގަޑީގެ ކުރިން އެމްއެންއެސްޑީއޭ އަށް އީމެއިލް ކުރުމަށް އެފަރާތުން ވަނީ އެދިފައެވެ.

އެމްއެންއެސްޑީއޭ އިން ބުނީ ކޮންމެ ބައިވެރިއަކަށްވެސް ގިނަވެގެން ހުށަހެޅޭނީ ދެ ލޯގޯ ކަމަށެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ލޯގޯތަށް ޕްރެޒެންޓުކޮށްދޭން ޖެހޭނެ ކަމަށް އެމްއެންއެސްޑީއޭ އިން ބުނެއެވެ.

ސަމާލުކަންދޭންޖެހޭ ކަންތައްތައް:

1- މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތައް ރަމްޒުކޮށްދިނުން.
2- ދިވެހިންގެ މަސައްކަތް ތެރިކަމާއި ހުނަރު ރަމްޒުކޮށް ދިނުން.
3- ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުންކުރަމުންގެންދާ ލޯގޯތަކާ ތަފާތުވުން.
4 ލޯގޯއާއިއެކުގައި ބޭނުންކުރާނެ ޝިއާރު / މޮޓޯ ދިވެހިބަހުންނާއި އިގިރޭސިބަހުން ހިމެނުން.
5- ކުލަކޮށް، މޮނޮޓޯނަސްކޮށް ވީޑިއޯ މައްޗަށް ސުޕައިމްޕޯސް ކުރެވޭގޮތަށް ތައްޔާރުކޮށްފައިވުން. (އެއް ސްކެއަ ސެންޓިމީޓަރަށް ކުޑަކުރި ކަމުގައިވިޔަސް އޭގެ އަސްލު ނުގެއްލޭނެ ގޮތަށް ނުވަތަ ވީޑިއޯ ޑިސްޓަރޓް ނުވާނެ ގޮތަށް)
6- ތްރީޑީ ކޮށް އެނިމޭޓްކުރެވޭނެ ގޮތަށް ހުރުން. (އެނިމޭޓްކޮށްފައިވާ ލޯގޯ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
7- އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން.

ލޯގޯއާއިއެކު ހުށައަޅަން ޖެހޭ މައުލޫމާތު:

1.0- ލޯގޯ ހުށައާއިރު ކަވަ ލެޓާއެއް ހުށައެޅުން، އަދި ސިޓީގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި ހުރުން.
1.1- ހުށައަޅާ ލޯޑޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ހިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިގުރާރުވުން
1.2- ހުށައަޅާ ލޯގޯގެ ހުރިހާ އިހުތިޔާރެއް (ކޮޕީރައިޓް) ލިބިގެންދާނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށްކަން ބަޔާންކުރުން.
1.3- ލޯގޯ ފަރުމާކުރި ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑްނަންބަރު، އެޑްރެސް އަދި ފޯނު ނަންބަރު ހިމެނުން
2- ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތާއި އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލެއް ހުށައެޅުން
3- ލޯގޯގެ ސޮފްޓް ކޮޕީ ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، 150 ޑީޕީއައި ރިޒޮލިއުޝަންގައި ހުށައެޅުން.
4- ލޯގޯ ޕީ.އެން.ޖީ، އެސް.ވީ.ޖީ އަދި އީ.ޕީ.އެސް ފޯމެޓް ތަކުގެ އޮރިޖިނަލް ފައިލް ހުށައެޅުން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް