ads
ސައިފް އަލީ ހާން އަދި ކަރީނާ ކަޕޫރު
ކަރީނާ އާއި ސަައިފް އަލަށް ބަދަލުވި ގެއިން އިތުރު މަންޒަރުތަކެއް
ކަރީނާ ކަޕޫރު އަދި ސައިފް އަލީ ހާން ވަނީ އެމީހުންނަށް ދެވަނަ ދަރިއެއް ލިބުމުން ކުރިން އުޅުނު ގޭގައި ޖާގައިގެ ދަތިކަން އުޅޭ ކަމަށް ބުނެ އާ ގެއަކަށް ބަދަލުވެފައެވެ.

މީގެ ކުރިންވެސް އެ ޖޯޑު ދިރިއުޅޭ ގޭގެ ފޮޓޯތައް އާއްމުކޮށްފައި ވާއިރު މިފަހަރު އާންމުކޮށްފައި ވެނީ ގޭގެ ތެރޭގައި ކަރީނާ ކުޅެފައިވާ ވީޑިއޯ ކޮމާޝަލް އެކެވެ. 

ބުރާސްފަތި ދުވަހު މަމްބާއިގައި ހުންނަ ގޭގެ މަންޒަރުތައް ކަރީނާ އާންމުކުރި އެ ވީޑިއޯއިން ކަރީނާ ގޭތެެރޭގެ ބައެއް ހިސާބުތައް ރަނގަޅަށް ފެނެއެވެ.

ބެޑް ރޫމުން ފެށިގެން ލިވިން ރޫމް އާއި ހިސާބަށް އެ ވީޑިއޯއިން ދައްކާލާފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ވަނީ ލިބިފައެވެ.

އޭގެ އިތުރުންވެސް ޑިޒައިނަރު ޑާރްޝިނީ ޝާހް ޑިޒައިންކޮށްފައިވާ އެ ގޭގައި ބޮޑު ބެލްކަނީ އަކާއި ސްވިމިން ޕޫލެއް ވެސް ހުރެއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް