ads
އަމީރާ އާއި އޭނާގެ ބައްޕަ
އަހަރެން އުޅެ ބޮޑުވީ ވަރަށް ބިޒީ ބައްޕައަކާއިއެކު: އަމީރާ ދަސްތުރު
އަހަރެން އުޅެ ބޮޑުވީ ވަރަށް ބިޒީ ބައްޕައަކާއިއެކު ކަމަށާއި ނަމަވެސް އެއީ ބައްޕައެއްގެ ގޮތުގައި އެެއްވަނަ ކަމަށް އަމީރާ ދަސްތުރު ބުނެފިއެވެ.

މިހެން އޭނާބުނެފައި ވަނީ ބައްޕައިންގެ ތަހުނިޔާ އޭނަގެ ބައްޕަ އަށް ކިޔަމުންނެވެ.

އޭނާގެ ބައްޕައަކީ ސާޖަންއެކެވެ.

އޭނާ ކުޑަ އިރު އާއިލާ އާއިއެކު ޗުއްޓީ ހޭދަކުރަން ތަންތަނަށް ގޮސް އުޅޭއިރު އޭނާގެ ބައްޕައަށް ހޮސްޕޮޓަލުން ގުޅައިފިނަމަ ޗުއްޓީ ކުރުކޮށްލުމަށްފަހު ހޮސްޕިޓަލަށް ދާކަމަށާއި ފަތިސް ގަޑި ތަކުގައި ވެސް އިމަޖެންސީވެގެން ގުޅުމާއެކު ބައްޕަ ދާނެ ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް ވީ ވަރަކުން ވީހާގިނައިން އާއިލާ އާއިއެކު ވަގުތު ހޭދަކުރުމަށް އޭނާގެ ބައްޕަ އިސްކަންދޭ ކަމަށާއި ބައްޕަ އަކީ އެއްވަނައިގެ ބައްޕައެއް ކަމަށްް އޭނާ ބުނެއެވެ. ހަފްތާބަންދު ތަކުގައިވެސް އާއިލާ އާއެކު ކަންކަން ރާވާ ކަމަށް އޭނާ ބުނެއެވެ.

މިއަދަކީ އުފާވެރި ބައްޕައިންގެ ދުވަހަށް ވުމުން ގިނަ ބަޔަކު ދަނީ ބައްޕައިންގެ ދުވަހުގެ ތަހުނިޔާ ބައްޕައިންނަށް ފޮނުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް